ރަންބީރާއި އާލިއާ ކައިވެނި ކޮށްފި

ރަންބީރާއި އާލިއާ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
14 އޭޕްރިލް 2022 08:25
0

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކޮށްފިއެވެ.

މި ކައިވެނި ކޮށްފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ޗެމްބޫރްގައި ހުންނަ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރްގެ އާއިލީގެ ކްރިޝްނާ ރާޖްގައެވެ. އެ ގެއަކީ ރިޝީ އަދި ނީތޫވެސް ކައިވެނި ކުރި ގެއެވެ.

މި ކައިވެންޏަށް ތައްޔާރު ވުމުގެ ގޮތުން މި ހަފްތާގެ ކުރީކޮޅުން ފެށިގެން ތަފާތު ސެރެމޮނީތައް ދިޔައީ ބާއްވަމުންނެވެ. ހިންދޫ ދީނުގެ އާދަކާދަތަކާއި އެއްގޮތަށް ބޭވުނު މި ކައިވެނީގެ ފޮޓޯތައް އާލިއާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

39 އަހަރުގެ ރަންބީރާއި 28 އަަރުގެ އާލިއާ ކައިވެނި ކުރީ އާއިލާއާއި ގާތް ރަހުމަތެރިންގެ ހާޒިރުގައި ކުޑަ ހަފްލާއެއްގައެވެ. ނަމަވެސް މި ކައިވެނީގެ ރިސެޕްޝަނެއް ވަރަށް ބޮޑުކޮށް ބާއްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ހުސް ހުދު ކުލައިގެ އިންޑިއަން ސްޓައިލްގެ ހެދުމުގައި މި ދެތަރިން ފެނިގެން ގޮސްފައިވަނީ ވަރަށްވެސް ފުރިހަމަކޮށެވެ.

 

View this post on Instagram

 

A post shared by Alia Bhatt ????☀️ (@aliaabhatt)

ރަންބީރާއި އާލިއާގެ ލޯބީގެ ފެށުމަކީ އެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ބްރަމަސްތުރަ" އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.