ނިކިތިން އާއި ކްރަތިކާއަށް ދަރިއަކު ލިބެނީ!

ނިކިތިން އާއި ކްރަތިކާއަށް ދަރިއަކު ލިބެނީ!

Author
ފާތިމަތު ނާވީ
15 އޭޕްރިލް 2022 08:47
0

ޑްރާމާ ސިލްސިލާތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކްރަތިކާ ސެންގާރް އާއި ފިރިމީހާ އެކްޓަރު ނިކިތިން ދީރަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

މި ދެމަފިރިންގެ ފޮޓޯ އަކާއެކު މި ޚަބަރު ހިއްސާ ކުރުމާއެކު ވަނީ ވައިރަލް ވެފައެވެ. ބޮޑުވެފައިވާ ބަނޑު ވަރަށް ރީތިކޮށް ފެންނަ މި ފޮޓޯ ހިއްސާ ކުރިއިރު ނިކިތިން ވަނީ މީގެ ކުރިން ދަރިއަކު ލިބެން އުޅޭ ކަމުގެ އިޝާރާތެއްވެސް ދީފައެވެ.

 

View this post on Instagram

 

A post shared by Kratika Sengar Dheer (@itsmekratika)

ނިކިތިން އާއި ކްރަތިކާ ކައިވެނި ކުރީ 2014 ވަނަ އަހަރުއެވެ. މި ދެމީހުން ދިމާވެފައިވަނީ ފިލްމު ސެޓަކުންނެވެ. ކްރަތިކާ ބެލުންތެރިންގެ ހިތް ދަމައިގެންފައި ވަނީ ސިލްސިލާ ޑްްރާމާ ތަކުންނެވެ.

އެގޮތުން އޭނާގެ މަގުބޫލު ޑްރާމާތަކުގެ ތެރޭގައި "ޕުނަރް ވިވާހް"، "ޖާންސީކި ރާނީ" އަދި "ކަސަމް" ފާހަގަ ކޮށްލެވެއެވެ.

އަނެއްކޮޅުން ނިކިތިން ވަނީ އޭ ލިސްޓްގެ ގިނަ ތަރިންނާއި އެކުގައި މަސައްކަތް ކޮށްފައެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ފިލްމް "ޝޭރްޝާހް" އިންނެވެ. އޭނާ ވަނީ "ޗެއްނައި އެކްސްޕްރެސް"، "ޖޯދާ އަކްބަރް" ފަދަ ފިލްމު ތަކުން ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.