މިރޭ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ އަދި ޑރ. އަނާރާ ނައީމް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިރޭ އޮންނަނީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 5 ވަނަ ޕްރޮގްރާމެވެ. މިރޭގެ މައުޟޫޢުއަކީ ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢުއެވެ.
ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30 އަށެވެ. އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.
ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ. އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި އިޙްޔާ ފޯރަމް ބާއްވާފައިވާއިރު ދެން އެންމެ އަވަހަށް މި ފޯރަމް އޮންނާނީ 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. ދުވާފަރުގައެވެ.
ކޮމެންޓު ފޮނުވާ