މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާކަމުގެ މަޤާމުން އިރާޝް އިސްތިއުފާ ދީފިއެވެ.
އިސްތިއުފާ ދިންކަން ހާމަކޮށް އިރާޝް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޭނާއަށް ފޮނުވި ސިޓީގެ ޖަވާބުވެސް ހިއްސާކޮށްފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ނުކުރި ނަމަވެސް އިރާޝް ބުނެފައިވަނީ މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާކަމުގެ މަޤާމުން 31 މާރިޗުން ފެށިގެން އިސްތިއުފާދީފައިވާކަމަށެވެ. އަދި މިއީ ނުހަނުއުފަލާ ފަޙުރުވެރިކަމާއެކު ހިދްމަތްކުރި މަޤާމެއް ކަމަށާއި، އެ ފުރުސަތު ދެއްވިކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އިރާޝްގެ އިސްތިއުފާ ގަބޫލު ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ "ޖަމްޢިއްޔާގެ ރެޖިސްޓްރާ" ގެ މަގާމުން، 31 މާރިޗު 2022 ގައި އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އަޙްމަދު އިރާޝްގެ އިސްތިޢުފާ އެ ތާރީޚުން ފެށިގެން ޤަބޫލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ.
އަދި "ޖަމްޢިއްޔާގެ ރެޖިސްޓްރާރ" ގެ މަގާމުގައި ހުންނަވައިގެން އަޙްމަދު އިރާޝް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާކަމުގެ މަޤާމުން 31 މާރިޗުން ފެށިގެން އިސްތިއުފާދީފީމެވެ.
މިއީ ނުހަނުއުފަލާ ފަޙުރުވެރިކަމާއެކު ހިދްމަތްކުރި މަޤާމެކެވެ ، މި ފުރުސަތު ދެއްވިކަމަށްޓަކައި ރައީސް @ibusolih އަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރަމެވެ. @MoYSCEmv @AhmedMahloof pic.twitter.com/1y5apvUYkA
— Irash (@AhmedIrash1) April 13, 2022
ޖަމްއިއްޔާތަކުގެ ކަންކަން ބަލަހައްޓަނީ ޔޫތު މިނިސްޓްރީގެ ދަށުންނެވެ. އިރާޝްވަނީ އެމަޤާމާއި ހަވާލުވުމަށްފަހު މަދަނީ ޖަމްއިއްޔާތައް ބާރުވެރިކޮށް، ޖަމްއިއްޔާތަކަށް ބޭނުންވާ ގިނަ ޕްރޮގުރާމުތަކެއް މާލެ އާއި އަތޮޅު ތެރޭގައިވެސް ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ