3،000 މީހުންގެ ސޮޔާއިއެކު އާމިންދައްތަ ދޫކޮށްލުމަށް ގޮވާލާ ޕެޓިޝަން 5 އިދާރާއަކަށް

3،000 މީހުންގެ ސޮޔާއިއެކު އާމިންދައްތަ ދޫކޮށްލުމަށް ގޮވާލާ ޕެޓިޝަން 5 އިދާރާއަކަށް

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2022 11:18
0

އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި ދުވަސްވީ އަންހެން މީހާ ދޫކޮށްލަން ގޮވާލައި ތައްޔާރުކުރި ޕެޓިޝަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

ހިތަދޫގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ ދިގު މުއްދަތަކަށް އަދާ ކުރަމުން ދިޔަ 59 އަހަރުގެ އާމިންދައްތައެވެ. އެ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޕެޓިޝަން ފޮނުވާފައިވާ ހަތަރު އިދާރާއަކީ ޖެންޑާ މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ފުލުހަށެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށްވެސް ވަނީ މި ޕެޓިޝަން ހުށަހަޅާފައެވެ. މި ޕެޓިޝަނުގައި 3،000 މީހުން ސޮއިކޮށްފައިވެއެވެ.

އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި މައްސަލައިގައި އެ އަންހެން މީހާ ފްރޭމްކޮށްފައިވާ ކަމަށް ބުނެ އައްޑޫގައި މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.

މިމައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ. އެގޮތުން މިކަމާ ގުޅުންހުރި އިދާރާތަށް ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.