މޫސުން ގޯސްވެ، 7 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، 7 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2022 11:07
0

ރާއްޖޭގެ މޫސުން ގޯސްވެ 7 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށެވެ. މި ސަރަޙައްދުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭ 21:30 އިން ދަންވަރު 2:30 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާއރާއިން ވިދާޅުވީ މި ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސޫމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިދުވަސްވަރު ވާރޭ އަންނަނީ ވެހެމުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވައި ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ދިމާވެދޭނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.