ސަރުކާރުން ކުރަންއުޅޭ ކަންކަން ހުއްޓުވުމުގެ ބަަދަލުގައި، އެއްބާރުލުންދޭ ޕާޓީއަކަށް އެމްޑީޕީ ވާންޖެހޭ: ފައްޔާޟު

ސަރުކާރުން ކުރަންއުޅޭ ކަންކަން ހުއްޓުވުމުގެ ބަަދަލުގައި، އެއްބާރުލުންދޭ ޕާޓީއަކަށް އެމްޑީޕީ ވާންޖެހޭ: ފައްޔާޟު

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2022 10:01
0

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީ ވާންޖެހޭނީ ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުންދޭ ޕާޓީއަކަށް ކަމުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިންގައި އދ.މަންދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކަވައި ފައްޔާޟު ވަނީ މިއިންތިޚާބުގެ މުހިންމުކަމާއި ސަރުކާރުގައި އޮވެ އެމްޑީޕީން އަދާކުރަންޖެހޭ ދައުރާ ގުޅޭގޮތުން އާންމު މެމްބަރުންނަށް މައުލޫމާތު ދެއްވާފައެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ މިއަދު އެމްޑީޕީ އޮތީ ސަރުކާރުގައި ކަމަށްވުމުން، އިދިކޮޅުގައި އޮންނައިރު ކަންކަން ކުރާ ގޮތާއި ވަރަށް ތަފާތުވާންޖެހޭކަމަށެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ޖެއްސުންކޮށް، އެކަން ވިޔަ ނުދޭން ހުރަސް އަޅުމަކީ މިއަދު ވެރިކަން ކުރާ މައި ޕާޓީއަކަށް އެމްޑީޕީވެއޮވެ، ކޮށްގެންވާނެ ކަމެއްނޫންކަމަށް ފައްޔާޟު ވިދާޅުވިއެވެ. އެމްޑީޕީ ވާންޖެހޭނީ ސަރުކާރު ހިންގުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ކަންކަން ފޯރުކޮށް ދިނުމުގެ މައި ޕާޓީއަށް ކަމަށް ފައްޔާޟު ވިދާޅުވިއެވެ.

މިއަދު އެމްޑީޕީ ތެރޭގައި ކަންކަން އޮތް ގޮތުން އަދި މިއިންތިޚާބުގައި ކަންކަން ފެންނަ ގޮތަށްބަލާއިރު، މިކަން އެންމެ ފަސޭހައިން ކުރެވޭނީ އޭނާއަށްކަމަށް ފައްޔާޟު ވިދާޅުވިއެވެ. އެމްޑީޕީގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ޕާޓީއާއި ސަރުކާރާއި އޮތް ގުޅުން ކުޑަވުންކަމަށާއި، އެކަން ބަދަހިކޮށް ސަރުކާރާއި ގުޅިގެން ޕާޓީއަށް ނަތީޖާ ނެރެވޭނީ އޭނާ އިންތިޚާބު ކޮށްގެންކަމަށް ފައްޔާޟު ވިދާޅުވިއެވެ.

ސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމެއެއްގައި ޖަހަންވީކީއެއް ނޫން. ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުންދޭ ޕާޓީ އަކަށް އަޅުގަނޑުމެން ވާންވީ، އެކަން ކުރެވޭނީ އަޅުގަނޑަށް.

– ފައްޔާޟު ވިދާޅުވިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިނިސްޓަރ ފައްޔާޟާއި، ރޮޒޭނާއަކީ ސަރުކާރުގެ ކެނޑިޑޭޓުންކަމަށް ވާދަކުރައްވާ އިންތިގެ ޓީމުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ މުދަލާއި، ތަކެތި ބޭނުންކޮށްގެން ކެޕެއިން ކުރާ މައްސަލަވެސް އިންތިގެ ޓީމުން ވަނީ ހުށަހަޅާފައެވެ.

އިންތިޚާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިގެ ޓީމުން ދަނީ ފައްޔާޟަށް އަމާޒުކޮށް، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަރތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީުންދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފައްޔާޟުގެ ޓީމުން ދަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.