އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން "ތިލަފަތުގެ ރަމްޒު" ސްލޯގަން ބޭނުން ކުރަމުންދާތީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އެމްޑީޕީގެ ދިދައިގެ ލޯގޯގައިވެސް އިންނަނީ ތިލަފަތެވެ. ތިލަފަތުގެ ރަމްޒަކީ އެމްޑީޕީން ބޮޑެތި އިންތިޚާބުތަކުގައިވެސް އާންމުކޮށް ބޭނުނން ކުރާ ސްލޯފގަންއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ޕާޓީގެ އެންމެ ވަރުގަދަ ސްލޯގަން ވަކި ބަޔަކު ބޭނުން ކުރާތީ ކަންބޮޑުވުން ފާޅުކޮށް އިކްރާމް ވިދާޅުވީ، އެތެރޭގެ އިންތިޚާބެއްގައި ވަކި ބަޔަކަށް ފައިދާ ވާގޮތަށް މި ސްލޯގަން ބޭނުން ކުރެވިގެން ނުވާނެކަމަށެވެ.
ތިލަފަތުގެ ރަމްޒަކީ އެމްޑީޕީގެ މައި އަސާސް ރަމްޒު ކޮށްދޭ ސްލޯގަން ކަމަށާއި، މިއިންތިޚާބުގައި ތިލަފަތުގެ ރަމްޒު ބޭނުން ކުރަމުންދާ މީހުންނަކީ ޕާޓީ އޮތް ހިސާބުގައި ބޭއްވުމަށް މަސައްކަތް ކުރާ ބައެއްކަމަަށްވުމުން މިފަހަރު ތިލަފަތުގެ ރަމްޒު މިފަހަރު މާނަ ކުރަން މިޖެހުނީ "އޮތް ހިސާބުގައި އޮތް ގޮތަށް ބޭއްވުމަށް" ކަމުގައި އިކްރާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއިންތިޚާބު ކާމިޔާބު ކުރާނީ އުންމީދު އޮތް ކެނޑިޑޭޓް ކަމާށާއި، އެއީ ފައްޔާޟުކަމަށެވެ.
ތިލަފަތުގެ ރަމްޒަކީ އެމްޑީޕީގެ މައި އަސާސް ރަމްޒު ކޮށްދޭ ސްލޯގަން. އެތެރޭގެ އިންތިޚާބެއްގައި ވަކި ބަޔަކަށް ބޭނުން ނުކުރެވޭނެ. ޗެއާޕާސަން އިންތިޚާބުގައި ތިލަފަތުގެ ރަމްޒު މިފަހަރު މާނަ ކުރަން މިޖެހުނީ "އޮތް ހިސާބުގައި އޮތް ގޮތަށް ބޭއްވުމަށް" މެމްބަރުން ވޯޓު ދޭނީ އުންމީދަށް.
– އިކްރާމް ވިދާޅުވިއެވެ.
ThilafathugeRamzu akee MDP ge mai asaas ramzu kohdhey slogan, e ethereyge inthihaabehga vaki bayakah beynumeh nukureveyne. CP inthihaabga ThilafathugeRamzu mifaharu maana kuran mijehunee "oii hisaabuga oii gothah beyvumah" Memberun vote dheynee ummeedhah #MDPhingaalan #Faya4CP pic.twitter.com/5YOnavlssX
— Ikram Hassan MP (@ikramhassan) April 13, 2022
ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް އެމްޑީޕީން ބޭނުން ކޮށްފައިވަނީ ތިލަފަތުގެ ރަމްޒު ޝިޔާރެވެ. އިންތިޚާބުތަކުގައި އެމްޑީޕީން އާންމުކޮށް އެޕާޓީގެ އާންމު މެމްބަރުންނަށް ވޯޓު އެޅުމަށް ބާރު އެޅުމަށްޓަކައި ބޭނުންކުރަނީވެސް ތިލަފަތެވެ. މިއިންތިޚާބުގައި އިންތިއަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދަނީ ތިލަފަތަކީ އެމްޑީޕީ ކަމަށާއި، އެމްޑީޕީއަކީ އިންތިއާއި، އިންތިގެ ޓީމުކަމަށެވެ.
ނަމަވެސް މިއިންތިޚާބުގައި ވާދަކުރައްވާ ފައްޔާޟު އިސްމާއިލް ވަނީ "ހިންގާލަން" ނަމުގައި އާ ޝިއާރެއް ބޭނުންކޮށް، ރާއްޖޭގައި ހިންގާލަން ކެމްޕެއިން ފުޅާކޮށްފައެވެ.