އިންތި ކޮމެޓީގެ މުޤައްރިރުކަން ކުރަނީ ހުދުމުހުތާރުކޮށް، ޕާޓީގެ ޗެއާއަކަށް ކަމަކުނުދޭ: ނިހާދު

އިންތި ކޮމެޓީގެ މުޤައްރިރުކަން ކުރަނީ ހުދުމުހުތާރުކޮށް، ޕާޓީގެ ޗެއާއަކަށް ކަމަކުނުދޭ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2022 09:15
0

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުޤައްރިރުކަން އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިމްތިޔާޒު ފަހުމީ ކުރައްވަމުންދަނީ ވަރަށް ޚުދުމުހުތާރުކޮށް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ ޖުޑީޝަރީ ކޮމެޓީން ބޭއްވު ކޮމެޓީ ބައްދަލުވުމަށް އޭނާ ނުވައްދައި ދޮޅު ގަޑިއިރު ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަ ނުޖެހި ކުރި ޓުވީޓުގައެވެ. ނިހާދު ވިދާޅުވީ ކޮމެޓީއަށް ވަނުމަށްޓަކައި ދޮޅު ގަޑިއިރު މަސައްކަތް ކުރި ނަމަވެސް އޭނާއަށް އުފުރުސަތު ނުދީ އިންތި ހިފަހައްޓާފައިވާކަމަށެވެ.

މަޖިލީހުގެ ކޮމެޓީއެއްގެ މުޤައްރިރުކަން މިހާ ހުދުމުހުތާރުކޮށް ބަލަހައްޓަވާ ބޭފުޅަކަށް، ރާއްޖޭޖެ އެންމެ ބޮޑު ޕާޓީގެ ޗެއާޕާސަންގެ މަޤާމު ދިނުމަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުން އިންތިއަކީ މިފަދަ މަޤާމުތަކަށް ކުފޫ ހަމަނުވާ ބޭފުޅެއްކަން ސާފުވާކަމަށް ނިހާދު ވިދާޅުވިއެވެ.

ތިމާއަށް ތާއީދު ނުކުރާތީ ކޮމެޓީއަށް ނުވައްދާ ދޮޅުގަޑިއިރު ކުރާނީ ކިހާ ރަނގަޅަށް އަސާސްތަކާއި ހަމަތައް ކުރިއަށް ގެންދާނެ މީހެއް. އިމްތިޔާޒު ފަހުމީއަކީ ޗެއާއަކަށް ކުފޫހަމަވާ މީހެއް ނޫންކަން މުޤައްރިރުކަން ކުރާ ހުދުމުހުތާރު ގޮތުން ސާފުވޭ.

– ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވާދަވެރި ވެފައިވާ ޗެއާޕާސަންގެ ކެމްޕެއިންގައި އެންމެ ބޮޑަށް ފޯރި ގަދަވެފައިވަނީ މަޖިލިސް މެމެބްރުންގެ މެދުގައެވެ. މަޖިލީހުގައި ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ބަހުސްއަކީ އިންތިއާއި، މިނިސްޓަރ ފައްޔާޒުއާއި ދެމެދު ކުރިއަށްދާ ބަހުސްއަކަށް ވަނީ ވެފައެވެ. އިންތިއަށް ތާއީދުކުރާ މެމްބަރުންނާއި، ފަޔާއަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރެވޭއިރު، ބޮޑެތި ތުހުތަތުތައްވެސް ދެފަރާތުންދަނީ ކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ ސޯޝަލް މީޑިއާގައިވެސް ދެބޭފުޅުންނަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ދަނީ ހޫނު ބަހުސްތަކެއް ކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.