ކަރީނާ އާއި ޝާހިދުގެ ލޯބީގެ ނިމުން

ކަރީނާ އާއި ޝާހިދުގެ ލޯބީގެ ނިމުން

ކަރީނާ ކަޕޫރު އަދި ޝާހިދު ކަޕޫރުގެ ލަވް ސްޓޯރީއަކީ އާ ވަހަކެއް ނޫނެވެ. މިއީ 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. ހުރިހާ ނޫސް މަޖައްލާ ތަކަކުން މި ދެލޯބިވެރިންގެ ލޯބި އޭރު ދިޔައީ ވަރަށް ގާތުން ގެނެސްދެމުންނެވެ.

ކަރީނާ އާއި ޝާހިދު ބައްދަލުވީ 2004 ވަނަ އަހަރުއެެވެ. ކަރީނާ އަކީ ބޮލީވުޑްގެ މަޝްހޫރު ކަޕޫރު ހާންދާނުން ބޮލީވުޑަށް ނުކުމެ ގިނަބައެއްގެ ހިތް ފަތަހަ ކުރި ތަރިއެކެވެ. އަދި ހަމަ އެހެންމެ ޝާހިދު ކަޕޫރަކީ ވެސް ފިލްމީ އާއިލާއަކުން ބޮލީވުޑަށް ނުކުތް ތަރިއެކެވެ. އެގޮތުން ޝާހިދު ކަޕޫރުގެ ބައްޕައަކީ ފިލްމީ ތަރި ޕަންކަޖް ކަޕޫރެވެ.

މި ދެތަރިން އެކުގައި އެއް ފިލްމަކުން އެންމެ ފުރަތަމަ ފެނިގެން ދިއައީ 2004 ވަނަ އަހަރުގެ ފިލްމު "ފިދާ" އިންނެވެ. މި ފިލްމުގެ ޝޫޓިންގެ ތެރެއިން މި ދެތަރިންވެސް އެކަކު އަނެއްކަކުގެ ލޯބީ ގައި ފިދާ ވީއެވެ. އޭރު ކަރީނާ އަކީ ބޮލީވުޑްގައި މަގުބޫލު ތަރިއެކެވެ. ނަމަވެސް ޝާހިދަށް މާބޮޑު ކާމިޔާބެއް އޭރު ހާސިލެއް ނުކުރެވެއެވެ. އޭނާ ބޮލީވުޑަށް ނުކުތްތާ އަރެއް ވަރެވެ.

ހާލަތު ދިމާކުރި ގޮތުން "ފިދާ" އަކީ ފްލޮޕް ފިލްމެއް ނަމަވެސް އެ ދެމީހުންގެ ލޯބީ ދިއައީ ކުރިއަށެވެ. ބުނެވޭ ގޮތުގައި ޝާހިދުގެ ޖާދޫގައި ކަރީނާ ހުރީ ރަނގަޅަށް ޖެހިފައެވެ. މި ލޯބި ހާސިލު ކުރުމަށް އިސްނެގި މީހަކީ ކަރީނާ ކަމަށް އޭނާ ވަނީ ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން" ޝޯގައި ކިޔައިދީފައެވެ.

އާންމުގޮތެއްގައި ބޮލީވުޑްގެ ތަރިންނަކީ އެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ދައްކަން ޖެހިލުންވާ ބައެކެވެ. އަދި ހާއްސަކޮށް އެމީހުންގެ ލަވް ލައިފްގެ ވާހަކަ އަބަދުވެސް ބާއްވަނީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް ކަރީނާ ވަނީ ވަރަށް ތަފްސީލުކޮށް އަމިއްލައަށް ޝާހިދާ އޮތް ގުޅުމުގެ ވާހަކަ ދައްކާފައެވެ. "ކޮފީ ވިތު ކަރަން" ގައި އެއްވެސް ޖެހިލުމެއް ނެތި ކަރީނާ ވަނީ އެ ދެމެދުގައި ކަންތައް ވީގޮތް ވަރަށް ތަފްސީލާއި އެކު ކިޔާއިދީފައެވެ. އަދި ހަމަ އެހެންމެ މި ކަޕުލް ވަނީ އެކުގައި ބައެއް ފިލްމުތައްވެސް ކުޅެފައެވެ.

2004 ވަނަ އަހަރުގެ ފިދާއަށް ފަހު މި ދެތަރިން އެކުގައި ފެނިގެން ދިޔައީ 2006 ވަނަ އަހަރުގެ "36 ޗައިނާ ޓައުން" އިން ބޮޑު ސްކްރީނުންނެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމުވެސް ވީ ފުލޮޕެވެ. އެއަށް ފަހު އެ ދެތަރިން ފިލްމު "ޗުޕްޗުޕްކޭ" އިންވެސް ފެނިގެން ދިޔައެވެ. ނަމަވެސް މި ފިލްމުވެސް ވީ ފުލޮޕެވެ. ނަމަވެސް ދެތަރިން އެކުގައި ބޭރުތެރެއިން ފެނުމާއި، އެކުގައި ވަގުތު ހޭދަކުރުމާއި، ދެ ތަރިންގެ މެދުގައި އޮތް ލޯބި ދިއައީ ކުރިއަށެވެ.

ކަރީނާ ހުރީ ޝާހިދުގެ ލޯބީގައި އިންތިހާއަށް ބަނދެވިފައެވެ. ކަރީނާ ހުރީ ޝާހިދަށް ޓަކައި ކޮންމެ ފަދަ ކެމެއް ވެސް ކުރާފަދަ ހާލަތެއްގައެވެ. ކަރީނާގެ ދައްތަ ބަތަލާ ކަރިޝްމާ އަދި އާއިލާ ވެސް ޝާހިދާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށް ދިއައީ ފެންނަމުނެވެ. އެއާލާއިން ޝާހިދަށް ނިކް ނޭމެއްގެ ގޮތުގައި "ޑޯޑޯ" ކިޔާކަމަށްވެސް ވަނީ ހާމަވެގެން ގޮސްފައެވެ. ކަރީނާއަށް ލޯބިން "ބޭބޯ" ކިޔާއިރު ކަރީޝްމާއަށް "ލޯލޯ" ކިޔައެވެ.

2007 ވަނަ އަހަރުގައި ކައިވެނި ކުރުމަށް ވާހަކަ ދެކެވެމުންދިޔަ މި ދެލޯބިވެރިންގެ ދިރިއުޅުމަށް 2007 ވަނަ އަހަރުގައި ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފައެވެ. މި ދެމެދުގައި އުފެދުނު ހިތް ނުތަނަވަސްކަމުގެ އަސްލު ފެށުމަކީ 2006 ވަނަ އަހަރުގައި މި ދެތަރިން އެކުގައި ފެނިގެން ދިއަ ފިލްމު "ޖަބްވީ މެޓް" އެވެ. ފިލްމު ފެށުނު އިރު މި ދެތަރިންގެ މެދުގައި އޮތް ލޯބި ކިތަންމެ ހަރުދާނަ ވެފައި އޮތް ނަމަވެސް މި ފިލްމު ނިމެމުން ދިޔައިރު މި ދެމެދަށް ދުރުމިނެއް ވަނީ އައިސްފައެވެ. ޝޫޓިންގެ ސެޓަށް އެކުގައި އަންނަ މި ދެތަރިން 2007 ވަނަ އަހަރުގައި މުމްބާއީގައި ޖަބްވީމެޓްގެ އެންމެ ފަހުގެ ޝޫޓިންއަށް ސެޓަށް ވަކި ވަކިން އައުން ވެގެން ދިއައީ ގިނަ ސުވާލުތަކެއް ކުރިމަތިވި ކަމަކަށެވެ. އަދި ޝޫޓިންގައި ނުދަންނަ ދެމީހެއް ފަދައިން އުޅުމަށް ފަހު ހަމަ އެގޮތަށް ޝޫޓިން ނިންމާ ދިޔައީއެވެ. އެކުގައި އުޅުނު އިރު މި ދެތަރިން އެކުގައި ކުޅުނު ހުރިހާ ފިލްމެއް ވީ ފުލޮޕެވެ. ނަމަވެސް ބްރޭކްއަޕަށް ފަހު ރިލީޒް ވީ މި ދެތަރިންގެ ފިލްމު "ޖަބްވީ މެޓް" ވީ ސުޕަރ ހިޓަކަށެވެ.

މި ދެމީހުންގެ މެދުގައި މައްސަލަ ޖެހުމަށް މެދުވެރިވި ސަބަބަކަށް ވީ ސައިފް އަލީ ޚާނެވެ. ރިޕޯޓްތަށް ބުނެފައިވާ ގޮތުގައި ސައިފް އާއި ކަރީނާގެ ގުޅުން ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެއީ ހަމައެކަނި ފަތުރާ ޚަބަރެއް ކަމަށް ގިނަ ބަޔަކު ދިއައީ ބުނަމުންނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އޭރު ސައިފް ވަނީ އަމްރިތާ ސިންގާ ވަކިވެފައެވެ. އެ ކައިވެންޏަށް 13 އަހަރު ވެ، ކައިވެނިން ދެކުދިން ވެސް ލިބުން ފަހުން ސައިފް އަމްރިތާއާ ވަކިވުމަށްފަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އިޓަލީގެ ރޯޒާ ކެޓަލީނާ އާއެވެ. ސައިފް ވަނީ ކަރީނާގެ ދައްތަ ކަރިޝްމާ އާއި އެކު މަސައްކަތް ކޮށްފައެވެ. އަދި ހަމަ އެހެންމެ ސައިފް ކަރީނާ އަށް ވުރެ 11 އަހަރު ދޮށްޓެވެ. އެހެންވެ ގިނަބަޔަކު އެއީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ގަބޫލު ކުރިއެވެ.

އެހެންނަމަ ވެސް 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18ގައި އޮތް ލެކްމޭ ފެޝަން ވީކުގައި މި ދެތަރިން ވަނީ އެދެމެދުގައި އޮތް ގުޅުން މުޅި ދުނިއެއަށް ހާމަކޮށްފައެވެ. އަތާ އަތް ޖޯޑުކޮށްގެން އެ ޝޯގައި މި ދެތަރިން ފެނުމުން ވަނީ އެންމެނަށް ވެސް ހައިރާންކަން ލިބިފައެވެ. އަދި ސައިފް ވަނީ މި ޝޯގައި މިކަން އިއުލާން ވެސް ކޮށްފައެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށާއި އަދި ތިބީ ވަރަށް އުފަލުން ކަމަށް ސައިފް ބުނެފައި ވެއެވެ.

ކަރީނާ އާއި ޝާހިދު ބްރޭކްއަޕް ވީ ނަމަވެސް މި ކަމުގެ އަސްލު ސަބަބު އޮތީ އޮޅުން ނުފިލައެވެ. ނޫސްތަކުކައި މި ބްރޭކްއަޕްގެ ވާހަކަ ތަފާތު ގޮތްގޮތަށް ދިއައީ ޝާއިއު ކުރަމުންނެވެ. ބައެއް ޚަބަރުތަކުން ހާމަވާ ގޮތުގައި ޝާހިދާއި އަމްރިތާ ރާއޯގެ ގުޅުން ކަރީނާ ހިތްހަމަ ޖެހޭ ކަމަކަށް ނުވީއެވެ. އެ ދެމެދުގައި އޮތް ރަހުމަތްތެރި ކަމުގެ ގުޅުން އެއީ ކަރީނާ ހިތްހަމަ ޖެހޭ ގުޅުމަކަށް ނުވީއެވެ. ސާހިދާއި އަމްރިތާ ރާއޯ ވަނީ އެކުގައި ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އަދި ހަމައެހެންމެ އެއީ ގިނަބަޔަކަށް ކަމުދިއަ އޮންސްކްރީން ކަޕުލް އަކަށްވެސް ވިއެވެ. އަނެއްކޮޅުން ކަރީނާ ދިއައީ ސައިފްއާއި އެކު ފިލްމު "ޓަޝަން" ގައި މަސައްކަތް ކުރަމުންނެވެ. އަދި ފިލްމުގެ ސެޓުގައި ކަރީނާ ވަނީ އޭނާގެ ހިތުގެ އުދާސްތައް ސައިފަށް ކިޔައިދީފައެވެ. އަސްލު ސަބަބު އޮތީ ފޮރުވިފައެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހިދު ވަނީ އެދެމެދުގައި ޖެހުނު މައްސަލަތަށް ތަފްސީލް ކޮށްދީފައެވެ. ޝާހިދު ބުނެފައިވާ ގޮތުގައި އޭނާއާއި ކަރީނާއާ ދެމެދުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި ދިރިއުޅުމައިގެން ކުރިއަށް ދާން ބޭނުން ކަމަށާއި އުފާވެރި މުސްތަގުބަލެއް ބޭނުން ވާ ކަމަށް ޝާހިދު ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ ޚަބަރު ތަކުން ސައިފާ އެކުގައި ކަރީނާ ފެނުމުން ހިތަށް ތަދުވާ ކަމަށާއި އޭނާއަކީ ވެސް އިންސާނެއް ކަމަށާއި އިހުސާސް ތަކެއް ވާކަމަށް ވަނީ ބުނެފައެވެ. މި ވާހަތަކުން ސާފުވި ގޮތުގައި ބޭވަފާތެރިއަކީ ކަރީނާއެވެ. ކަރީނާ މި ބްރޭކްއަޕާ ބެހޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ޝާހިދާއި ކަރީނާ އެކޭ އެއްފަދައިން ސައިފް އާއި ކަރީނާ ވެސް ވަނީ އެކުގައި ގިނަ ފިލްމު ތަކަކުން ފެނިގެން ގޮސްފައެވެ. ނަމަވެސް ހަމަ އެ ހުރިހާ ފިލްމެއްވެސް ވަނީ ނާކަމިޔާބު ވެފައެވެ. އެހެން ނަމަވެސް އެދެމީހުންގެ ގުޅުން އިތުރަށް ދިޔައީ ކުރިއަށެވެ. ކަރީނާގެ ލޯބީގައި ސައިފް ވަނީ ކަރީނާގެ ޓެޓޫއެއް ވެސް އަތުގައި ކުރަހާފައެވެ. މި ލޯބިގައި މި ދެމީހުން ވަނީ 2012 ވަނަ އަހަރު ކައިވެނި ކޮށްފައެވެ. އަދި ހަމަ އެހެންމެ މި ކައިވެނިން ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އަނެއްކޮޅުން ޝާހިދުވެސް ވަނީ ކަރީނާ ހަދާން ނައްތާލައި ދިރިއުޅުމެއް ފަށާފައިއެވެ. މި އަދު ޝާހިދަކީ ވެސް ލޯބި ލޯބި ދެ ކުދިންގެ ބައްޕައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *