ޗެއަރޕާސަން އިންތިޚާބަކީ ވަޒީރެއްގެ ދޮޅުއަހަރާ ގުޅޭ އިންތިޚާބެއް ނޫން: އިންތި

ޗެއަރޕާސަން އިންތިޚާބަކީ ވަޒީރެއްގެ ދޮޅުއަހަރާ ގުޅޭ އިންތިޚާބެއް ނޫން: އިންތި

Author
މުޙައްމަދު ޖިމީ
09 އޭޕްރިލް 2022 12:12
0

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަކީ ވަޒީރެއްގެ ކުރިއަށް އޮތް ދޮޅު އަހަރާއިި ބެހޭ އިންތިޚާބެއް ނޫންކަމަށް ޗެއަރޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރޭގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތިއާއެކު ޗެއަރޕާސަންކަަމށް ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ. ރޭ ށ.ބިލަތްފަހީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ މި އިންތިޚާބަކީ އެމްޑީޕީއަށް 5 އަހަރަށް ބޭނުންވާ ޗެއަރޕާސަނެއް ހޮވުމުގެ އިންތިޚާބުކަމަށާއި، މިއީވަޒީރެއްގެ ދޮޅު އަހަރަކާ ބެހޭ އިންތިޚާބެއް ނޫންކަމަށެވެ.

އިންތި ވިދާޅުވީ، ތަރައްޤީއާއި ގުޅެނީ އެމްޑީޕީއަށް ރަނގަޅު ޗެއރަޕާސަނެއް ހޮވައިގެންކަމަށާއި، ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރެވޭނީ އޭރުންކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ މިއީ ވައްކަން ވަރިހަމަ ޕާޓީއެއް ނޫންކަަމަށެވެ.

އިންތި މިހެން ވިދާޅުވާއިރު، އިންތި ގެންދަވަނީ އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ބިދޭސީން އެތެރެކުރުމުގެ ވަގު ކޯޓާއިން މިނިސްޓަރ ފައްޔާޒް ނާޖާއިޒް ފައިދާ ނަގާފައިވާކަމުގެ ތުހުމަތު ކުރައްވަމުންނެވެ. އެގޮތުން މަޖިލީހުގެ ޖަލްސާގައި އެފަދަ މޭރުމުން ގިނައިން އިންތި ވާހަކަ ދައްކާފައިވެއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިގެ ޓީމުން އެންމެ ބޮޑަށް ތުހުމަތުކުރާ އެއްކަމަކީ ފައްޔާޟު މަަސައްކަތް ކުރަނީ ރައީސް ނަޝީދު އެއްފަރާތްކޮށް، އެކަހެރިކޮށްގެން އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައެވެ. ނަމަވެސް ތަކުރާރުކޮށް ފައްޔާޟު ވަނީ ރައީސް ނަޝީދު އެމްޑީޕީން ދުރު ކުރެވޭނެ މީހަކު ކައިރި ޒަމާނެއްގައިވެސް ނާންނާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.