ހިޔާ ފްލެޓުން ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް: ހިޔާ ޔޫނިއަން

ހިޔާ ފްލެޓުން ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް: ހިޔާ ޔޫނިއަން

Author
މުޙައްމަދު ޖިމީ
09 އޭޕްރިލް 2022 11:49
0

ހިޔާ ފްލެޓްތަކުން ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތްކަމަށް ހިޔާ ޔޫނިއަނުން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ތިން ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު މިމަހުން ފެށިގެން ވަނީ ކުލި ނަގަން ފަށާފައެވެ. ޚާއްޞަކޮށް ކުލި ނަގަން ފެށީ ރަމަޟާން މަހުކަމަށްވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން ހިޔާ ޔޫނިއަނުން ނެރުނު ބަޔާނެއްގަިއ ވަނީ، ހިޔާ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއްހޯދުމުގެ ގޮތުން ކުރީސަރުކާރުން އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއްކަމަށެވެ. އިޖްތިމާއީ ބޯހިޔާވަހިކަމެއް ފޯރުކޮއްދިނުމުގެ މަޤުޞަދުގައި ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ހިންގުނު މި މަޝްރޫޢަކީ 573 އަކަފޫޓު ބޮޑު 2 ކޮޓަރީގެ ޔުނިޓުތަކެއް ހިމެނޭގޮތަށް ހަދާފައިވާ 25 ބުރީގެ 16 އިމާރާތެވެ. ނަމަވެސް މިކަމާއި މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކުރާކަމަށް ބުނެފައިވެއެވެ. އެގޮތުން ހިޔާ ފުލެޓުތަކަކީ މީހުން ދިރިއުޅެން އެކަށޭނަތަނެއް ނޫންކަމަށްބުނެ އެތައް ޕޯޑިއަމްއެއްގައި ވަނީ މިއަދުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އިބްރާހިމް މުޙައްމަދު ސޯލިހު ބަސްބުނެ މަލާމާތްކޮއްފައިވާކަމަށް މި ބަޔާނުގައިވެއެވެ.

އަދި ހަމައެއާއިއެކު މިހާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ހިޔާ ފުލެޓުތަށް ތަޅާލަންވެސް ހިތަށް އެރިކަމަށް ފާޅުކަންބޮޑުގޮތަކަށް ބުނެފައެވެ. އެހެނަސް މިއަދު ހިޔާ ފުލެޓުތަށް ލިބިފައިމިވަނީ ހިޔާ އަށް ފޯމުލީ ފަރާތްތަށް މިސަރުކާރުން އުފައްދާފައިވާ ފުލެޓު ކޮމިޓީގެ ބެލުމުގެދަށުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް ފަހު އެންމެ ދަތިޙާލުގައި އަދި އެންމެ ފުދުންތެރިކަން ކުޑަ ޢާއިލާތަކާއި އެކަނިވެރިމައިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢާއިލާތަކަށާއި ސަރުކާރުގެ ބައެއް މުއައްޒަފުން އަދި ފަންނީ ދާއިރާތަކުގެ ބައެއް ބޭފުޅުންނަށެވެ. 2021 މާރިޗު މަސް ހިސާބުގައި ހިތާ ފުލެޓުތަކުގެ އަގު ހާމަކުރުމާއި އެކު، ހިތް ފުލެޓުލިބުނު ގިނަފަރާތް ތަކެއްގެ އެދުމުގެ މަތިން މި ޔޫނިއަނުން ވާނީ މިއަދާ ހިސާބަށް ވަރަށް ގިނަމަސައްކަތް ތަކެއްކޮށް މިއަދުގެ  ސަރުކާރާއި އެތަށް ފަހަރެއްގެމަތިން ވާހަކަދައްކާ ހިޔާގެ އަގު ކުޑަކޮށްދިނުމަށް އެދިފައެވެ.

– ހިޔާ ޔޫނިއަން

އެގޮތުން 1 ޖޫން 2021 ގައި 2177 ފުލެޓު ވެރިންގެ ސޮއާއިއެކު 5 ކަމަކަށް ޑިމާންޑުކޮށް ދިވެހި ސަރުކާރަށް ވާނީ ޕެޓިޝަނެއް ހުށައަޅާފައިކަމަށާއި، އޭގެ 82 ދުވަސްފަހުން ޕެޓިޝަނުގައި ހިމެނޭ "އަގު" މާއްދާއަށް ރައީސް އޮފީހުން ޖަވާބުދެއްވަމުން ވަނީ ޔުނިޓުގެ އަގު ކުޑަކުރެވެން ނެތް ވާހަކަ ދަންނަވާފައިކަމަށް ބުނެފައިވެއެވެ. ނަމަވެސް މިއީ ހިޔާގެ ރައްޔިތުންނަށް ބަލައިގަނެވޭ ޖަވާބަކަށް ނުވާތީއާއި އިޖްތިމާއީ ބޯހިޔާވަހިކަމެއްގައި ހިޔާ ފުލެޓާއި ނުބައްދަލުއަގެއްކަމުން 1 ސެޕްޓެމްބަރ 2021ގައި މި ޕެޓިޝަންވާނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވައްދާފައެވެ. ނަމަވެސް މިވީހާތަނަކަށް އެކޮމިޓީއިންވެސް ޕެޓިޝަނަށް ވަކިގޮތެއް ނިންމާފައި ނުވާކަންވެސް ފާހަގަކުރަމެވެ. އަދި 24 ޖޫން 2021 ގައި ރައީސުލްޖުމްހުރިއްޔާއާއި ބައްދަލުކުރުމަށް އެދި ރައީސް އޮފީހަށް ހުށަހެޅި ސިޓީގެ ޖަވާބު އަދިއަދަށްވެސް ލިބިފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

 މީގެ އިތުރުން 3 އަދި 27 މާރިޗު 2012 ގައި ހިޔާ ފުލެޓުގެ ކުލިދައްކަން ބޭނުން ކަމަށްބުނެ އެހެނަސް ހިޔާގެ ވެރިންނަށް ކުލި ދެއްކޭނެ މިންވަރަކީ -/5000ރ ކަމަށްބުނެ، ޖުމްލަ އެކު 1900 ހިޔާގެ ވެރިންގެ ވަކިވަކި ސިޓީތަކެއް ވާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ހުށައަޅާފައެވެ. މި ސިޓީތަކުގެ ޖަވާބު ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކުރު އިބާރާތްކޮޅަކުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު އަންނަނީ ހިޔާގެ ވެރިންނަށް ދެމުންނެވެ. 1 އެޕްރިލް 2022 ގައި ހިޔާ ފުލެޓުގެ ކުލިނަގަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނެރިފައިވާ ޢިޢުލާނާއި ގުޅިގެން ދަންނަވަމެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނެރިފައިވާ ޢިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް މި ޔޫނިއަނުން ނުދެކޭ ވާހަކަ ދަންނަވަމެވެ. މެއިންޓަނަންސް ފީ ހިމެނޭގޮތަށް ނަގަން އަންގާފައިވާ އެންގުމަކީ ޤާނޫނާއި ޚިލާފު އެންގުމެއް ކަމުގައިވެސް ދަންނަވަމެވެ. މެއިންޓަނަންސް ފީ ނެގޭނީ އެގްރިމަންޓުގެ ބުނެފައިވާފަދައިން ކޮންމެ 2 ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށެވެ.

– ހިޔާ ޔޫނިއަން

މިކަން ޖުމްލަ 6 މަސް ދުވަހުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމަން ވާނެކަންވެސް ވަނީ ހިޔާގެ ވެރިންނާއި އެކު ވެވިފައިވާ އެއްބަސްވުމުގައި ބުނެފައިކަމަށް ބަޔާނުގައިވެއެވެ. މި ސަބަބުގެ އިތުރުންނާއި ހިޔާ ޝަހަރުގައި ހުރިއެތައް މައްސަލަތަކަކާއި ވަކިވަކި ފަރުތުންގެ ޙާލަތާއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ރިޔާއަތްކޮށް ހިޔާ ފުލެޓުގެ ކުލި ނެގުން އަދިވެސް އަވަސްކަމުގައި އެ ޔޫނިއަންނުން ޤަބޫލުކުރާކަމަށް ބުނެފައިވެއެވެ. އެހެންކަމުން ކުދި އަދި މެއިންޓަނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގާކަމަށް ބުނެފައިވެއެވެ.

ހިޔާ ޔޫނިއަނުން މިހާރުވެސް މިގެންދަނީ ހިޔާ ފުލެޓުގެ ކުލި ކުޑަކުރުމާއި އަދިވެސް ހުރި އެތައް އެތައް މައްސަލަތަކަށް ވަކާލާތުކޮށް ޙައްލު ހޯދަން މަސައްކަތް ކުރަމުންކަމަށާއި، ސަރުކާރުން ވެފައިވާ އިޙުމާލަށް ސަރުކާރުން ޒިންމާދާރުކޮށް ހިޔާގެ ރައްޔިތުންގެ ޙައްޤު ހޯދުމަށް އަބަދުމެ މަސައްކަތް ކުރާނެވާހަކަވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖިފުޑި
މުޅި ލިޔުން ކިޔާލުމުން ހިޔާ ޔޫނިއަން ސިފަވަނީ ވަކި ޕާޓީއެއްގެ، ވަކި ރައީސެއްގެ ގޮތްޕެއްގެ ގޮތުގާ.
ޢ ޢަލީ
އާ ކަލޭމެން ތީ ތިކަމަށް ތައްޔާރު ކޮށްފަ ތިބި ބަޔެއް ވިއްޔާ ކުލި ނުދެންޏާ ތިބެވިގެން ނުވާނެ ޢެއީ ހަމަޔަކީ... ތަނުގަ ތިބެ ނިދާ ކައި ބޮއެ ހަދާފަ އެއްވެސް ކުޔެއް ނެތީ... މީކަން ކުރިން އގުނުނަމަ މަވެސް ލީމް