ކުޑަކުއްޖަކު މަރާލި މީހާ ފަޅާއެރީ "ޕޮލިސް"މި ބަސް ރަނގަޅަށް ލިޔަން ނޭނގުމުން

ކުޑަކުއްޖަކު މަރާލި މީހާ ފަޅާއެރީ "ޕޮލިސް"މި ބަސް ރަނގަޅަށް ލިޔަން ނޭނގުމުން

Author
admin
10 ނޮވެމްބަރ 2020 08:58
0

އޮކްޓޯބަރު މަސް ތެރޭގައި އިންޑިއާގެ އުއްތަރް ޕްރަދޭޝް ސްޓޭޓްގައި ރާމް ޕްރަތާޕް ސިންގ ނަމަކަށް ކިޔާ މީހަކު އުމުރުން އަށް އަހަރުގެ ކުއްޖަކު ކިޑްނެޕް ކުރުމަށް ފަހު މަރާލިއެވެ. ފުލުހުންނަށް އޭނާ ހޯދަން ފަސޭހަވެގެން ދިޔައީ އޭނާ "ޕޮލިސް"މި ބަސް ލިޔުނު ގޮތުންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، ސިންގ އެ ކުއްޖާ ކިޑްނެޕް ކޮށްފައި ވަނީ އޭނާގެ މާމަ ގޭގައި ހުއްޓާ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ.
އަދި ސިންގ ވަނީ ކުއްޖާގެ ބައްޕަގެ ފޯނަށް ވަގަށް ނަގާފައިވާ ފޯނަކުން، ބަދަލުގެ ގޮތުގައި ދެ ލައްކަ ރުޕީސް ދިނުމުން ނޫނީ ދަރިފުޅު ނުދޭނެ ކަމަށް ބުނެ މެސެޖެއް ކޮށްފައެވެ.

ސިތަޕޫރްއަށް ދެލައްކަ ރުފިޔާ ހިފައިގެން އާދޭ، އެކަމަކު "ޕުލިޝް"އަށް ނާންގާތި، އެހެން ނޫނީ ދަރިފުޅު މަރާލާނަން". އޭނާ ހިންދީ ބަހުން ލިޔުނު އެ މެސެޖުގައި ވެއެވެ. އެ ކުއްޖާގެ އާއިލާއިން ވަގުތުން ފުލުހަށް ދިޔައެވެ. އަދި އެ ކުއްޖާ ގެއްލިއްޖެ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހެޅިއެވެ.
ނޫސްތަކަށް މައުލޫމާތުދެމުން އިސް ފުލުހަކު ބުނެފައި ވަނީ، އެ މީހާ ހޯދުމަށް ވަގުތުން މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ފުރަތަމަ އޭނާ މެސެޖް ކުރި ފޯނަށް ގުޅޭތޯ ބެލިއިރު، ފޯން އޮތީ ނިއްވާފާއި ކަމަށާއި، ނަމަވެސް ސައިބާ ސަވައިލެންސް ސެލްގެ އެހީގައި އެ ސިމްގެ ވެރި ފަރާތް ހޯދި އެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރު، އޭނާގެ ފޯނު ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން ސީސީޓީވީ ފޫޓޭޖްގެ އެހީގައި އެ ކުއްޖާ ކިޑްނެޕް ކުރި ކަމަށް ބެލެވެ 10 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ސިންގވެސް ހިމެނެއެވެ. އެތަނުން އެ ކުއްޖާ ކިޑްނެޕްކުރި މީހާ ހޯދުމަށް ފުލުހުން ވަނީ އެ މީހުންނަށް ގަނޑުކޮޅެއް ދިނުމަށް އޭގައި "އަހަރެން ޕޮލިސްއަށް ވަންނަން ބޭނުން" މިހެން ލިޔުމަށް ބުނެފައެވެ.

އެ ކުއްޖާ ކިޑްނެޕްކޮށް މަރާލީ ސިންގކަން ކަށަވަރުވެގެން ދިޔައީ އޭނާ އެ ގަނޑުގައި ޕޮލިސްގެ ބަދަލުގައި ޕުލިޝް ލިޔެފައި ވެއެވެ. އެއީ އޭނާ އެ ކުއްޖާގެ ބައްޕައަށް ފޮނުވި މެސެޖުގައިވެސް ފުލުހުންގެ ނަން ލިޔުނު ގޮތެވެ. އެންމެ ފަހުން ސިންގ ވަނީ އެ ކުއްޖާ ކިޑްނެޕްކޮށް، މަރާލި ކަމަށް އެއްބަސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.