ދުއާއަކީ އިސްލާމް ދީނުގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި ދުއާއަކީ ﷲ އާއި އެކަނލާގެ އަޅާއާއި ދެމެދު އޮންނަ ވަރަށް ވެސް ޚާއްސަ ގުޅުމެކެވެ. އެހެންކަމުން އިސްލާމް ދީނުގައި ދުއާ ކުރުމަށް ޚާއްސަ އަދުބަތެކެއް ވާފަދައިން އެކަމަށް ޚާއްސަ ވަގުތަކެއްވެސް ވެއެވެ.
1. ދުޢާ ކުރާމީހާ އަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށްގެން ހުރިމީހަކު ކަމުގައިވުން. ސަބަބަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރްޠުތަކުގެ ތެރޭގައި އަޅާ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން ހިމެނިގެންވެއެވެ. އަދި ކުށްފާފަތަކުން ދުރުހެލިވެގެން ހުރުން ހިމެނެއެވެ. ﷲ ވަޙީ ކުރައްވައެވެ. (وَإِذَاسَأَلَكَعِبَادِيعَنِّيفَإِنِّيقَرِيبٌأُجِيبُدَعْوَةَالدَّاعِإِذَادَعَانِيفَلْيَسْتَجِيبُوالِيوَلْيُؤْمِنُوابِيلَعَلَّهُمْيَرْشُدُونَ)البقرة/186.މާނައީ: "އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ".
2. ދުޢާ ކުރުމުގައި އިޚްލާޞްތެރިވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَاأُمِرُوْاإِلَّالِيَعْبُدُوْااللهَمُخْلِصِيْنَلَهُالدِّيْنَحُنَفَاءَ)މާނައަކީ: "ބާޠިލްމަގުން އެއްކިބައިވެގެން ތިބެ، މާތް ﷲ ގެ ކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމް ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ނުވެވެއެވެ". (ސޫރަތުލް ބައްޔިނާ ގެ 5 ވަނަ އާޔަތް)، ދުޢާ ކުރުމަކީ އަޅުކަމެއް ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަޔާންކޮށް ދެއްވާފައިވެއެވެ. އެހެންކަމުން ދުޢާ ގަބޫލު ކުރައްވާނީ އިޚްލާޞްތެރި ވުމުންނެވެ.
3. ﷲ ގެ އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރުން. ވަޙީ ކުރައްވާފައިވެއެވެ. (وَلِلّهِالْأَسْمَاءُالْحُسْنَىفَادْعُوْهُبِهَاوَذَرُوْاالَّذِيْنَيُلْحِدُوْنَفِيْأَسْمَائِهِ)މާނައަކީ: "އެންމެ މާތް، އެންމެ މަތިވެރި އިސްމުފުޅުތައް (ނަންފުޅުތައް) މާތް ﷲ އަށް ޚާއްޞަވެ މިލްކުވެވޮޑިގެންވެއެވެ. ފަހެ، އެ އިސްމުފުޅުތަކުން، ތިޔަބައިމީހުން އެކަލާނގެ ކިބައަށް ދަންނަވައި، ދުޢާ ކޮށް އުޅޭށެވެ". (ސޫރަތުލް އަޢްރާފް ގެ 180 ވަނަ އާޔަތް).
4. ދުޢާ ކުރުމުގެ ކުރިން ﷲ އަށް ޘަނާ ދެންނެވުން. عَنْفَضَالَةَبْنِعُبَيْدٍرضياللهعنهقَالَ : بَيْنَارَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَقَاعِدٌإِذْدَخَلَرَجُلٌفَصَلَّىفَقَالَ : اللَّهُمَّاغْفِرْلِيوَارْحَمْنِي ، فَقَالَرَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَ : ( عَجِلْتَأَيُّهَاالْمُصَلِّي ، إِذَاصَلَّيْتَفَقَعَدْتَفَاحْمَدْاللَّهَبِمَاهُوَأَهْلُهُ ، وَصَلِّعَلَيَّ ، ثُمَّادْعُهُ ) وفيروايةله : ( إِذَاصَلَّىأَحَدُكُمْفَلْيَبْدَأْبِتَحْمِيدِاللَّهِوَالثَّنَاءِعَلَيْهِثُمَّلْيُصَلِّعَلَىالنَّبِيِّصَلَّىاللَّهُعَلَيْهِوَسَلَّمَثُمَّلْيَدْعُبَعْدُبِمَاشَاءَ ) . قَالَ : ثُمَّصَلَّىرَجُلٌآخَرُبَعْدَذَلِكَفَحَمِدَاللَّهَوَصَلَّىعَلَىالنَّبِيِّصَلَّىاللَّهُعَلَيْهِوَسَلَّمَ ، فَقَالَالنَّبِيُّصَلَّىاللَّهُعَلَيْهِوَسَلَّمَ : ( أَيُّهَاالْمُصَلِّي ، ادْعُتُجَبْ). މާނައަކީ މާތް ﷲ ރުއްސުން ލެއްވި ފަޟާލަތު ބިން ޢުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިސްކިތުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް މީހަކު ވަދެ ދުޢާ ކުރަން ފަށައިފިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ، މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތްލައްވާފާންދޭވެ"، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އޭ ދުޢާ ކުރާމީހާއެވެ. އަވަސް އަރައި ނުގަންނާށެވެ. ދުޢާ ކުރަންވީމާ އިށީނދެ، ﷲ އަށް ޙައްގުވާ ގޮތުގައި ޙަމްދުކޮށް، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހުގައި ދުޢާކުރާށެވެ". އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ތިޔަބައިމީހުން ދުޢާ ކުރަން ބޭނުންވެއްޖެނަމަ ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފަށާށެވެ. އެއަށްފަހު ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔަވާށެވެ. އެއަށްފަހު އެމީހަކު ބޭނުން ދުޢާ އެއް ކުރާާާށެވެ". އެހެންމީހަކު މިސްކިތަށް އަރާ ﷲ އަށް ޙަމްދުކޮށް ރަސޫލާގެ މައްޗަށް ޞަލަވާތްކިޔެވި ހިނދު ޙަދީޘް ކުރެއްވިއެވެ. "އޭ ދުޢާ ކުރާމީހާ އެވެ. މިހާރު ދުޢާ ކުރާށެވެ. އިޖާބަ ކުރައްވާނެއެވެ".
5. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުން. ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّدُعَاءٍمَحْجُوْبٌحَتَّىتُصَلِّيَعَلَىالنَّبِيِّصَلَّىاللهُعَلَيْهِوَسَلَّمَ)މާނައަކީ: "ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ދާންދެން ހުރިހާ ދުޢާ އެއްވެސް ވަނީ ހިފެހެއްޓިފައެވެ".
6. ގިބްލަ އަށް ކުރިމަތިލުން. عنعُمَرَبْنِالْخَطَّابِرضياللهعنهقَالَ : لَمَّاكَانَيَوْمُبَدْرٍنَظَرَرَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَإِلَىالْمُشْرِكِينَوَهُمْأَلْفٌوَأَصْحَابُهُثَلاثُمِائَةٍوَتِسْعَةَعَشَرَرَجُلا ، فَاسْتَقْبَلَنَبِيُّاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَالْقِبْلَةَثُمَّمَدَّيَدَيْهِفَجَعَلَيَهْتِفُبِرَبِّهِ : ( اللَّهُمَّأَنْجِزْلِيمَاوَعَدْتَنِي ، اللَّهُمَّآتِمَاوَعَدْتَنِي ، اللَّهُمَّإِنْتُهْلِكْهَذِهِالْعِصَابَةَمِنْأَهْلِالإِسْلامِلاتُعْبَدْفِيالأَرْضِ ) فَمَازَالَيَهْتِفُبِرَبِّهِمَادًّايَدَيْهِمُسْتَقْبِلَالْقِبْلَةِحَتَّىسَقَطَرِدَاؤُهُعَنْمَنْكِبَيْهِ)، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބް ގެ ފަރާތުން ރިވާވެގެންވެއެވެ. "ބަދުރު ހަނގުރާމައިގެ ދުވަހު މުޝްރިކުންގެ ލަޝްކަރު އެެއްހާހެވެ. އަދި އަޞްޙާބުންގެ ޢަދަދު ތިންސަތޭކަ ނަވާރައެވެ. މިތަން ފެނިވަޑައިގެން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގިބްލަ އަށް ކުރިމަތިލައްވާ، ދެއަތް މައްޗަށް ނަންގަވާ ދުޢާ ކުރައްވަން ފެއްޓެވިއެވެ. " ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އިބަ ﷲ ވަޢުދުވެލެއްވި ކަންތައްތައް ފުރިހަމަ ކޮށް ދެއްވާފާންދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މުސްލިމުންގެ މި މަދު މީސްކޮޅު ހަލާކުވެގެން ހިނގައްޖެނަމަ މި ބިންމަތީގައި އިބަ ﷲ އަށް އަޅުކަމެއް ނުކުރެވޭނެއެވެ" ގިބްލަ އަށް ކުރިމަތިލައްވާ ދެއަތް މައްޗަށް ނަންގަވައިގެން ދުޢާ ކުރައްވަމުން ގޮސް އެކަލޭގެފާނުގެ ކޮނޑުކޮޅުގައި އޮތް ރިދާ ވެެއްޓުނެވެ".
އިމާމް ނަވަވީ- ރަޙިމަހުﷲ ވިދާޅުވިއެވެ. "މިއިން ދޭހަވަނީ ދުޢާ ކުރުމުގައި ގިބްލައަށް ކުރިމަތިލާ، ދެއަތް މައްޗަށް ނެގުމަކީ އެދެވިގެންވާ ކަމެއް ކަމެވެ".
8. ދެއަތް މައްޗަށް ނަގައިގެން ދުޢާ ކުރުން. عَنْسَلْمَانَرضياللهعنهقَالَ : قَالَرَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَ : ( إِنَّرَبَّكُمْتَبَارَكَوَتَعَالَىحَيِيٌّكَرِيمٌيَسْتَحْيِيمِنْعَبْدِهِإِذَارَفَعَيَدَيْهِإِلَيْهِأَنْيَرُدَّهُمَاصِفْرًا) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހަކީ ލަދުވެތި ދީލަތިވަންތަ އިލާހެވެ. އެކަލާނގެ އަޅުތަކުން ދެއަތް އުފުލާ ދުޢާ ކޮށްފިނަމަ ސުމަކުން ފޮނުވާލެއްވުމަށް އެކަލާނގެ ލަދުވެތިވެގަންނަވައެވެ".
އަތްއުފުލުމުގައި ކަމަކަށް އެދި، ދަންނަވާ މީހެއްގެ ގޮތަށް، އަތުގެ ބަނޑުފުށް އުޑާވީދިމާލަށް ބަހައްޓާާށެވެ. މާތް ﷲ ރުއްސުންލެއްވި މާލިކް ބިން ޔަސާރު ގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَاسَأَلْتُمْاللَّهَفَاسْأَلُوهُبِبُطُونِأَكُفِّكُمْوَلاتَسْأَلُوهُبِظُهُورِهَا) މާނައަކީ: "ތިޔަބައިމީހުން މާތް ﷲ އަށް ދަންނަވާނަމަ، އަތުގެ ބަނޑުފުށުން ދަންނަވާށެވެ. އަތުގެ ބޭރުފުށުން ނުދަންނަވާށެވެ".
ދުޢާ ކުރުމުގައި ދެއަތް ބަހައްޓާނީ ކައިރި ކައިރީގައެވެ. ދެއަތް ދުރުގައި ބެހެއްޓުމަކީ ސުންނަތުން ޘާބިތުވާ ގޮތެއް ނޫނެވެ.
7. ދުޢާ އިޖާބަ ކުރައްވާނެކަމުގެ ޔަގީންކަން ބޭއްވުން. އަދި ދުޢާ ކުރާ އިރުގައި ހިތާއި އެކު ދުޢާ ކުރުން.(އެހެންކަމަކާއި ހިތް މަޝްޣޫލު ކޮށްގެން ނުހުރުން). ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ادْعُوااللَّهَوَأَنْتُمْمُوقِنُونَبِالإِجَابَةِ ، وَاعْلَمُواأَنَّاللَّهَلايَسْتَجِيبُدُعَاءًمِنْقَلْبٍغَافِلٍلاهٍ) މާނައަކީ: ތިޔަބައިމީހުން ދުޢާކުރާނަމަ، އިޖާބަ ކުރައްވާނެ ކަމުގެ ޔަގީން ކަމާއި އެކުގައި ދުޢާ ކުރާާށެވެ. އަދި ދަންނާށެވެ. ހިތް ޣާފިލުވެފައިވާ، ފަރުވާލެއްނެތި ކުރާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ".
8. ގިނަގިނައިން ދެންނެވުން، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ގިނަގިނައިން ތަކުރާރުކޮށް ދަންނަވަންވީއެވެ. އަދި ދުޢާ އިޖާބަ ނުކުރައްވައިގެން އަވަސް އަރައިނުގަންނަންވީއެވެ. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. (يُسْتَجَابُلِلْعَبْدِمَالَمْيَدْعُبِإِثْمٍأَوْقَطِيعَةِرَحِمٍ ، مَالَمْيَسْتَعْجِلْ ، قِيلَ : يَارَسُولَاللَّهِ ، مَاالاسْتِعْجَالُ ؟ قَالَ: يَقُولُ : قَدْدَعَوْتُ ، وَقَدْدَعَوْتُ ، فَلَمْأَرَيَسْتَجِيبُلِي ، فَيَسْتَحْسِرُعِنْدَذَلِكَوَيَدَعُالدُّعَاءَ) މާނައަކީ: "އަޅާ ނުބައިކަމެއް ކުރުން ދޫކޮށްނުލާހުރުން، ނުވަތަ ރަޙިމްގެ ގުޅުންކެނޑުން، ނުވަތަ އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަ ދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުން ވަރަށް ގިނައިން ދުޢާ ކޮށްފީމެވެ. އެކެމަކު އިޖާބަ އެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ، ދުޢާ ކުރުން ދޫކޮށްލައެވެ".
9. ކަނޑައެޅިގެން ދެންނެވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لايَقُولَنَّأَحَدُكُمْ : اللَّهُمَّاغْفِرْلِيإِنْشِئْتَ ، اللَّهُمَّارْحَمْنِيإِنْشِئْتَ ، لِيَعْزِمْالْمَسْأَلَةَ ، فَإِنَّاللهَلامُكْرِهَلَهُ) މާނައަކީ: އިބަ ﷲ އިރާދަކުރައްވައިފިނަމަ މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށޭ ނުބުނާށެވެ. އެދޭ ކަމެއް ކަނޑައެޅިގެން ބުނާށެވެ. ﷲ އަށް އެއްވެސް މަޖްބޫރުކަމެއް ނެތެވެ".
10. ބިރުވެރިކަމާއި، ތަވާޟުޢުވެރިކަމާއި، ސިއްރު ގޮތުގައި ދެންނެވުން.އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْارَبَّكُمْتَضَرُّعًاوَخُفْيَةً) މާނައަކީ: "މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ". އަލްއަންބިޔާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّهُمْكَانُوْايُسَارِعُوْنَفِيْالْخَيْرَاتِوَيَدْعُوْنَنَارَغَبًاوَّرَهَبًاوَّكَانُوْالَنَاخَاشِعِيْنَ)މާނައަކީ: "އެބޭކަލުންވީ ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނަ، އަދި ތިމަން ﷲ ގެ ޙަޟްރަތަށް، އެދުމާއި ބިރުވެތިކަމާއިއެކު، އަޅުކަންކުރާ ބަޔަކު ކަމުގައެވެ".
އަލްއަޢުރާފް ސޫރަތުގެ 205 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَاذْكُرْرَّبَّكَفِيْنَفْسِكَتَضَرُّعًاوَّخِيْفَةًوَّدُوْنَالْجَهْرِمِنَالْقَوْلِبِالْغُدُوِّوَالْآصَالِ)މާނައަކީ: "ކަލޭގެފާނުންގެ ހިތްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ އިލާހު ހަނދުމަކުރައްވާށެވެ. ކިޔަމަންވެ (ނިކަމެތިވުމުގެ) ގޮތުގައެވެ. އަދި، ބިރުވެތިވުމުގެ ގޮތުގައެވެ. ބަސްބުނުމުގެ ތެރެއިން، އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ނުވާށެވެ".
11. ތަކުރާރުކޮށް ތިންފަހަރު ދެންެނެވުން. عَنْعَبْدِاللَّهِبْنِمَسْعُودٍرضياللهعنهقَالَ : ( بَيْنَمَارَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيُصَلِّيعِنْدَالْبَيْتِوَأَبُوجَهْلٍوَأَصْحَابٌلَهُجُلُوسٌوَقَدْنُحِرَتْجَزُورٌبِالأَمْسِ ، فَقَالَأَبُوجَهْلٍ : أَيُّكُمْيَقُومُإِلَىسَلاجَزُورِبَنِيفُلانٍفَيَأْخُذُهُفَيَضَعُهُعَلَىظَهْرِمُحَمَّدٍإِذَاسَجَدَ ، فَانْبَعَثَأَشْقَىالْقَوْمِفَأَخَذَهُفَلَمَّاسَجَدَالنَّبِيُّصَلَّىاللَّهُعَلَيْهِوَسَلَّمَوَضَعَهُبَيْنَكَتِفَيْهِ ، قَالَ : فَاسْتَضْحَكُواوَجَعَلَبَعْضُهُمْيَمِيلُعَلَىبَعْضٍ . وَأَنَاقَائِمٌأَنْظُرُلَوْكَانَتْلِيمَنَعَةٌطَرَحْتُهُعَنْظَهْرِرَسُولِاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَ . وَالنَّبِيُّصَلَّىاللَّهُعَلَيْهِوَسَلَّمَسَاجِدٌمَايَرْفَعُرَأْسَهُحَتَّىانْطَلَقَإِنْسَانٌفَأَخْبَرَفَاطِمَةَفَجَاءَتْوَهِيَجُوَيْرِيَةٌفَطَرَحَتْهُعَنْهُثُمَّأَقْبَلَتْعَلَيْهِمْتَشْتِمُهُمْ ، فَلَمَّاقَضَىالنَّبِيُّصَلَّىاللَّهُعَلَيْهِوَسَلَّمَصَلاتَهُرَفَعَصَوْتَهُثُمَّدَعَاعَلَيْهِمْ – وَكَانَإِذَادَعَادَعَاثَلاثًا ، وَإِذَاسأَلَسَأَلَثَلاثًا – ثُمَّقَالَ : اللَّهُمَّعَلَيْكَبِقُرَيْشٍثَلاثَمَرَّاتٍ ، فَلَمَّاسَمِعُواصَوْتَهُذَهَبَعَنْهُمْالضِّحْكُوَخَافُوادَعْوَتَهُ ، ثُمَّقَالَ : اللَّهُمَّعَلَيْكَبِأَبِيجَهْلِبْنِهِشَامٍوَعُتْبَةَبْنِرَبِيعَةَوَشَيْبَةَبْنِرَبِيعَةَوَالْوَلِيدِبْنِعُقْبَةَوَأُمَيَّةَبْنِخَلَفٍوَعُقْبَةَبْنِأَبِيمُعَيْطٍ – وَذَكَرَالسَّابِعَوَلَمْأَحْفَظْهُ – فَوَالَّذِيبَعَثَمُحَمَّدًاصَلَّىاللَّهُعَلَيْهِوَسَلَّمَبِالْحَقِّلَقَدْرَأَيْتُالَّذِينَسَمَّىصَرْعَىيَوْمَبَدْرٍثُمَّسُحِبُواإِلَىالْقَلِيبِقَلِيبِبَدْرٍ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެފުޅު ކައިރީގައި ނަމާދަށް ހުންނެވި އެރެއްގައި އަބޫޖަހުލު އޭނާގެ ބައިވެރިން ތަކަކާއި އެކު މިސްކިތުގައި އިށީނދެގެން ތިއްބެވެ. އަދި އިއްޔެގައި ކަތިލި ޖަމަލެއްގެ ވާހަކަ ދެއްކިއެވެ. އަބޫޖަހުލު ބުންޔެވެ. އިއްޔެ ކަތިލި ޖަމަލުގެ ކަރު ގޮހޮރުތައް މުޙަންމަދުގެފާނު ސަޖިދައަށް ދާގަޑީގައި އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅާލަން ކެރޭނީ ކޮން ކުއްޖަކަށް ހެެއްޔެވެ؟
ދެން އެމީހުންގެ ތެރޭގައި ހުރި އެންމެ ނުބައި ނުލަފާ މީހާ ލައްވާ އެކަރުގޮހޮރުތައް ގެނެސް، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަޖިދާގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅައިލައިފިއެވެ. ދެން އެބައިމީހުން އެކަކު އަނެކަކަށް ބަލަބަލާފައި ހޭންފަށައިފިއެވެ. އެހިނދު ތިމަންކަލޭގެފާނު މަންޡަރު ބަލަން އެތަނުގައި ކޮޅަށް ހުރީމެވެ. ތިމަންކަލޭގެފާނަށް އެތަކެތި ސާފު ކުރެވޭނެނަމަ ރަސޫލަ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ ކޮނޑު ކޮޅުން އެތަކެތި އުކާލީމުހެވެ. އެތަނުން މީހަކުގޮސް ފާޠިމަތުގެފާނަށް މިޚަބަރު ދިނުމުން އެކަމަނާ އާއި ޖުވައިރިއްޔަތު ވަޑައިގެން އެތަކެތި ސާފުކުރެއްވުމަށް ދާންދެން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބޯފުޅު ހިއްލަވައި ނުލައްވާ ސަޖިދާގައި އޮންނެވިއެވެ.
ދެން ފާޠިމަތުގެފާނު މައްކާގެ މުޝްރިކުންނާ މުޚާޠަބު ކުރައްވާ ވަރަށް އެއްޗެތި ކިޔުއްވިއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނަމާދުން ނިމިވަޑައިގެން އަޑުހަރުކޮށް އެބައިމީހުންގެ މައްޗަށް ބަދު ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނު ބަދުދުޢާ ކުރައްވާނަމަވެސް އަދި ކަމަކަށް އެދި ދެންނެވިނަމަވެސް ތިންފަހަރު މަތިން ދަންނަވައެވެ. ދުޢާގައި ދެންނެވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ގުރައިޝުން ހަލާކު ކުރައްވާފާންދޭވެ. މިފަދައިން ތިންފަހަރު ދުޢާ ކުރެއްވިއެވެ. އިތުރު އެކަލޭގެފާނުގެ ދުޢާ ގެ އަޑު އިވުމުން މުޝްރިކުން ގެ ހިނުންގަނޑު ހުއްޓި އެބައިމީހުންގެ ހިތްތަކަށް ބިރުވެތިކަން ވަދެއްޖެއެވެ. އެކަަލޭގެފާނުގެ ދުޢާ ގައި ދެންނެވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަބޫޖަހުލު ބިން ހިޝާމާއި، ޢުތްބާ ބިން ރަބީޢާއި، ޝައިބާ ބިން ރަބީޢާއި، ވަލީދު ބިން ޢުގްބާ، އުމައްޔާ ބިން ޚަލަފް، ޢުގްބާ ބިން އަބީ މުޢީޠު ހަލާކު ކުރައްވާފާންދޭވެ.
އިބްނު މަސްޢޫދު- ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަތްވަނަ މީހެއްގެ ނަންވެސް ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔުއްވިއެވެ. ނަމަވެސް މިހާރަކު ހަނދާނެއް ނެތެވެ. މުހަންމަދުގެފާނު ޙައްގާއިގެން ފޮނުއްވި ކަލާނގެ ގަންދެއްވާ ވިދާޅުވަމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެދުވަހު ނަންކިޔުއްވި ހުރިހާ މީހުންތައް ބަދުރު ހަނގުރާމައިގެ ދުވަހުގައި ބިންމަތީ ކޭއްތި ކޭއްތި ތިއްބާ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން އެބައިމީހުން ބަދުރުގައި ކޮނެވިފައިވާ ވަޅުގަޑެއްގެ ތެރެއަށް ދަމާފައިގެންގޮސް ވައްޓާލެވުނެވެ".
12. ލައިއުޅޭ ފޭރާމާއި ކައިއުޅޭ ކާނާ އަކީ ޙަލާލު ރަގަޅު ތަކެތި ކަމުގައި ހެދުން. އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أَيُّهَاالنَّاسُإِنَّاللَّهَطَيِّبٌلايَقْبَلُإِلاطَيِّبًا ، وَإِنَّاللَّهَأَمَرَالْمُؤْمِنِينَبِمَاأَمَرَبِهِالْمُرْسَلِينَ ، فَقَالَ : ( يَاأَيُّهَاالرُّسُلُكُلُوامِنْالطَّيِّبَاتِوَاعْمَلُواصَالِحًاإِنِّيبِمَاتَعْمَلُونَعَلِيمٌ ) ، وَقَالَ : ( يَاأَيُّهَاالَّذِينَآمَنُواكُلُوامِنْطَيِّبَاتِمَارَزَقْنَاكُمْ ) ، ثُمَّذَكَرَالرَّجُلَيُطِيلُالسَّفَرَأَشْعَثَأَغْبَرَيَمُدُّيَدَيْهِإِلَىالسَّمَاءِيَارَبِّيَارَبِّ ، وَمَطْعَمُهُحَرَامٌ ، وَمَشْرَبُهُحَرَامٌ ، وَمَلْبَسُهُحَرَامٌ ، وَغُذِيَبِالْحَرَامِ ، فَأَنَّىيُسْتَجَابُلِذَلِكَ) މާނައަކީ: "އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ އީ އެންމެ ހެޔޮވެގެންވާ އިލާހެވެ. ހެޔޮކަމެއް މެނުވީ އެކަލާނގެ ގަބޫލެއް ނުކުރައްވައެވެ. ރަސޫލުންނަށް އަމުރުކުރެއްވިފަދައިން މުއިމިނުންނަށްވެސް އަމުރުކުރެއްވިއެވެ. ވަޙީ ކުރެއްވިއެވެ. (އޭ އެންމެހައި ރަސޫލުބޭކަލުންނޭވެ. ޙަލާލު ރަގަޅު ތަކެތި ކައި ހަދާށެވެ. އަދި ޞާލިޙް ޢަމަލު ކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާކަންތައް ތިމަން ﷲ މޮޅަށް ދެނެވޮޑިގެންވަމެވެ". އަދިވެސް ވަޙީ ކުރައްވައެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށ ތިމަން ﷲ ރިޒްގުކުރެއްވި ޙަލާލު ރަގަޅު ތަކެތި ކައި ހަދާާށެވެ"، އެއަށްފަހު ދިގުދަތުރެއްކޮށް، ވަރުބަލިކަމުން ބޯހޭވިފައިވާ މީހެއްގެ ވާހަކަ ބަޔާން ކުރެއްވިއެވެ. އެމީހަކު ދެއަތް މައްޗަށް ނަގައިގެން ހުރެ ދުޢާ ކުރެއެވެ. "ހައްދަވައިގެންގުޅުއްވާ އިލާހެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ"، ނަމަވެސް އޭނާގެ ކާތަކެތި ޙަރާމެވެ. އަދި ބޯތަކެތިވެސް ޙަރާމެވެ. އަންނައުނު ވެސް ޙަރާމެވެ. ކައިގެން ހުރީވެސް ޙަރާމް ތަކެއްޗެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ކުރެއްވޭނީ ކިހިނަކުންހެެއްޔެވެ؟".
13. އަޑުހަރުކުރުމާއި ނުލައި، މަޑުމަޑުން ދުޢާ ކުރުން. އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْارَبَّكُمْتَضَرُّعًاوَخُفْيَةً) މާނައަކީ: "މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ". ޒަކަރިއްޔާ ޢަލައިހިއްސަލާމް އަށް ޘަަނާގެ ބަސްވަޙީ ކުރެއްވިއެވެ. (إِذْنَادَىرَبَّهُنِدَاءًخَفِيًّا)، މާނައަކީ: "އެކަލޭގެފާނުގެ އިލާހުގެ ޙަޟްރަތަށް މަޑުމަޑު އަޑަކުން ދުޢާކުޅަ ހިނދެވެ".( ސޫރަތު މަރްޔަމް ގެ 3 ވަނަ އާޔަތް).
ފާފައަކަށް އަރައި ގަނެވިދާނެކަމުގެ ބިރެއް ނެތްހާލަތުގައި ކައިވެނި ނުކޮށް ހުރުމަކީ ރަގަޅު ކަމެއްތަ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކައިވެނި ކުރުމަށް އަންގަވާ މާތް ﷲ ނޫރު ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ ۗ وَاللَّـهُ وَاسِعٌ عَلِيمٌ)މާނައަކީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެންއަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، فقيرންކަމުގައިވާނަމަ، އެކަލާނގެ فضلވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދި ކުރައްވައިފާނެތެވެ. اللَّهއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ".
އަދި ކައިވެނި ކުރުމަށް ބާރު އަޅުއްވާ ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ، (يا معشر الشباب من استطاع منكم الباءة فليتزوج فإنه أغض للبصر وأحصن للفرج ومن لم يستطع فعليه بالصوم فإنه لو وجاء ) މާނައަކީ: "އޭ ޒުވާނުންނޭވެ. ތިޔަބައިމީހުންކުރެ ކައިވެނި ކުރުމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ފަހެ އެކަން ކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެކަމުގެ ސަބަބުން ލޯތައް ތިރިވެއެވެ. އަދި ފޮރުވިފައިވާ ގުނަވަނަށް ރައްކާތެރިކަން ލިބިދެއެވެ. ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ ރޯދަ ހިފާ ހުށިކަމެވެ. ހަމަކަށަވަރުން އެކަމުގައި ރައްކާތެރިކަމެއް ވެއެވެ".
عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ قال :جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا ، فَقَالُوا : وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ .قَالَ أَحَدُهُمْ : أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا .وَقَالَ آخَرُ : أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ .وَقَالَ آخَرُ : أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا .فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ : أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا !! أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ ، لَكِنِّي أَصُومُ وَأُفْطِرُ ، وَأُصَلِّي وَأَرْقُدُ ، وَأَتَزَوَّجُ النِّسَاءَ ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي) މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. ތިންމީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަން ކުރައްވާ ގޮތް ބެލުމަށް ޓަކައި އެކަލޭގެފާނުގެ ގަނޑުވަރަށް ޒިޔާރަތް ކުރިއެވެ. އެބައިމީހުންގެ އަޅުކަމުގެ ކަންތައް ހުރިގޮތުން އެކަންތައް މާ މަދުވެގެން އެބައިމީހުން ވާހަކަ ދެއްކިއެވެ. އަދި ބުންޏެވެ. ރަސޫލާ އަކީ އިސްވެދިޔަހާ ފާފަ އަކާއި ކުރިޔަށް އޮތް ތަނުގައި ކުރެވެން އޮތްހާ ފާފަ އެއް ފުއްސަވާފައިވާ ބޭކަލެކެވެ. އެހެންވީމާ، އަހަރުމެން މީ އަދި ކޮން ބަޔެއް ހެއްޔެވެ؟ ދެން އެތަނުން އެކަކު ބުންޏެވެ. އަހަރެން މުޅި ރޭ އެއްކޮށް އުޅޭނީ އަޅުކަމުގައެވެ. އަނެކަކު ބުންޏެވެ. އަހަރެން މުޅި އަހަރު ދުވަހު ހުންނާނީ ރޯދައަށެވެ. އެއްވެސް ދުވަހަކު ރޯދަ ދުލެއް ނުކުރާނަމެވެ. އަނެކަކު ބުންޏެވެ. އަހަރެން އަންހެނުންނާއި ދުރުހެލިވެ ދުވަހަކުވެސް މީހަކާ ނުއިންނާނަމެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންގެ ގާތަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. މިވެނި އެވެނިހެން ތިޔަބައިމީހުން ބުނީމެއް ނޫން ހެއްޔެވެ؟! ދަންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ، މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ، އެންމެ ތަގްވާވެރި މީހާއެވެ. އެހެންނަމަވެސް، ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކޮށްލަމެވެ. ނަމާދުވެސް ކުރައްވަމެވެ. އަދި ނިދަންވެސް ނިދަމެވެ. އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފި މީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ".
ވީމާ، ކައިވެނި ކުރުން ވާޖިބުވުމާއި ނުވުން ބިނާ ވެފައިވަނީ އެމީހެއްގެ ޙާލަތަށެވެ. ޒިނޭއަށް އަރައި ގަނެވިދާނެ ކަމުގެ ބިރުއޮތް މީހާއަށް ވާޖިބުވެގެން ވަނީ އަވަހަށް ކައިވެނި ކުރުމެވެ. ނަމަވެސް އެފަދަ މީހާގެ ތަނަވަސްކަން ނެތް ނަމަ ރޯދަ ހިފުމެވެ. އަދި ޒިނޭ އަށް އަރައި ގަނެވިދާނެ ކަމުގެ ބިރު ނެތް މީހާގެ ޙައްގުގައި ކައިވެންޏަކީ ސުންނަތެކެވެ.
والله أعلم.