ނަޝީދުއާއި ރައީސް ސާލިހުއާ ދެބޭފުޅުން ރައީސް އޮފީހުގައި ބޭއްވި ބައްދަލު ވުމުގެ ތެރެއިން

އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ، ވީވައުދު ފުއްދުމަށް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ، ވީވައުދު ފުއްދުމަށް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ، ވީވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފިއެވެ.

ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ މަސްވެރިން ބާނާ މަސް ނުކިރި، މަސް ގަތުން ސަރުކާރުން ކޮންޓްރޯލް ކުރުމާއި ގުޅިގެން މަސްވެރިންގެ ޝަކުވާ އިންތިހާއަށް ލިބޭކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މަސްވެރިންގެ ޝަކުވާ ހުރީ އުފުލަންޖެހޭ ތަކުލީފްތަކާއި ސަރުކާރުން މިކަމަށްދޭ އިޖާބަ ކުޑަ ކަން ފާހަގަކޮށް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަސްވެރިން އިޝާރާތް ކުރަނީ 2018 ވަނައަހަރުގެ އެމް.ޑީ.ޕީ މެނިފެސްޓޯގައި ހުށަހަޅާފައިވާ ތަސައްވަރަށް ކަމަށެވެ. އަހަރު ދެކޮޅު ރާއްޖޭގައި މަސްވެރިކަން ރަގަޅުވާއިރު މި ތައްގަޑު، ދިވެހިން އަތުން ހިފާ ދެނެގަނެ އުޅޭތާ ހާހަކަށް ވުރެން ގިނަ އަހަރުވެއްޖެ ކަމަށެވެ. ތައްގަޑު ސާފުކޮށްދޭ މަސްވެރިކަން ރަގަޅު މޫސުން އަންނަ ކޮންމެފަހަރަކު ބާނާ މަސްގިނަވެ އެއަށް ހަދާނެގޮތް އޮންނަނީ ހުސްވެފައިކަމަށާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ ކޮންމެ އިންތިހާބަކަށް ނުކުންނަ ކޮންމެ މެނިފެސްޓޯއެއްގައިވެސް މަސްވެރިންބާނާ މަސް ގަނެވި އަދި އެއަށް ހަމައަގު ލިބޭނޭ ގޮތްތައް ރައްޔިތުންނަށް ހުށަހަޅާފައި ކަމަށެވެ.

ރޭގަ ވަރަށް ގިނަ މަސްވެރިން ފޯނުން ގުޅި. ވަރަށް ޝަކުވާއުފުލި. މަސްވެރިން ބޭނި މަސް ނުކިރި އެތައް ތަކުލީފެއްގައި އުޅޭން ޖެހުމުން ކުރާ ހައްޤު ޝަކުވާ. މަސްވެރިން ތަކުރާރުކޮށް ފާހަގަކުރާ އެއް ނުކުތާއަކީ، އެމް.ޑީ.ޕީ އިން ބުނެގެން އެމީހުން ބަލައިގަތް ވާހަކަތަ. އަދި އެމީހުން އެހެން މަސްވެރިންގާތު އެވާހަކަތައް ދައްކާ، އޭގެ ސަބަބުން އެމްޑިޕީއަށް ވޯޓް ދިންމިވަރުގެ ވާހަކަ.

– ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2013 ވަނައަހަރުގެ މެނިފެސްޓޯގައި ކޮންމެސް މިންވަރަކަށް، އެހެންނަމަވެސް 2018 ވަނަ އަހަރުގެ މުޅި މެނިފެސްޓޯވެސް ވަރަށް ބޮޑު ދަރަޖައަކަށް އެކުލަވާލެވުނީ ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައިކަމަށެވެ. ނޫ އިޤްތިސޯދެއް ބިނާކުރުމަށް ކަމަށާއި، މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުމަކީ މިސިޔާސަތުގެ ނާރެސް ކަމަށެވެ.

މިއަދުވެސް، އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަ ވުމަށް. ވީވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށް. ރާއްޖޭގެ މަސްވެރި ރަގަޅު ރައްރަށުގައި، ރަށު ކައުންސިލާއި، މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ފެކްޓަރީތައް ހެދުން އަވަސް ކުރުމަށް.

– ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭ މަސްވެރިން ބާނާ މަސް އަދިވެސް އެންމެ ގިނައިން ގަންނަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށާއި، އެމް.ޑީ.ޕީ ގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯ ދުށް ގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަސް ގަނެ އެމަސް ބަންދު ކުރެވި ރާއްޖެއިން ބޭރަށް ފޮނުވުމުގެ ޤާބިލްކަން އެއްވެސް ސަރުކާރަކަށް ނުހޯދުނު. ހޯދިދާނެކަމަށް ދެކުމަކީވެސް އަމާޒު ގެއްލުން. މި ސަރުކާރު އެމައްޗައް އުފެދިފައިވާ މެނިފެސްޓޯ، މައްސަލައަށް ހައްލެއް ހުށައެޅި. މަސްވެރިން ބާނާހާ މަހެއް ވިއްކި، ބަންދުކުރެވި ބޭރުކުރެވިދާނެ އިންތިޒާމެއް 2018 ވަނަ އަހަރުގެ އެމް.ޑީ.ޕީ މެނިފެސްޓޯ ހުށަހެޅި. "ގޭދޮށު މަސް ޕްލާންޓް" ގެ ސިޔާސަތު.

– ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2012 ވަނައަހަރު އެމް.ޑީ.ޕީ ސަރުކާރު ވައްޓާލުމަށް ފަހުގައި އެންމެ ފުރަތަމަ ގެނެވުނު އެއްބަދަލަކީ މަސްވެރިކަމުގެ ސިޔާސަތައް ގެނެވުނު ބަދަލު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަހުގެ އަގު އިންތިހާއަށް ދައްވެގެން ދިޔައީ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި މަސްފިނިކުރާ ގުދަންތަކާއި މަސްބަންދުކުރާ ކާރުޚާނާތައް ހައްދައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ވަރަށް ބޮޑަށް ސާފުވަމުން އަންނަތާ އެތައްދުވަހެއް ވެފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *