ބެންޒީމާގެ ހެޓްރިކުން ޗެލްސީ ބަލިކޮށް މެޑްރިޑް ސެމީއާއި ގާތަށް

ބެންޒީމާގެ ހެޓްރިކުން ޗެލްސީ ބަލިކޮށް މެޑްރިޑް ސެމީއާއި ގާތަށް

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް، ރެއާލް މްޑްރިޑުން ސެމީއާއި ގާތަށް ޖެހިލައިފިއެވެ.

ޗެލްސީގެ މައްޗަށް ރެއާލްއިން ކުރިހޯދީ 3-1 ންނެވެ. މި މެޗުގައި ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ވަނީ ހެޓްރިކް ހަދާފައެވެ. ބެންޒެމާގެ ދެލަނޑަކީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ދެލަނޑެވެ. އަނެއް ލަނޑަކީ މެންޑީ އާއި ރުޑިގާއަށް ހެދުނު މިސްޓޭކެއްގެ ބޭނުން ހިފައިގެން ބެންޒެމާ ކާމިޔާބުކުރި ލަނޑެކެވެ. ޗެލްސީއަށް ލަނޑު ޖަހައިދިނީ ކައި ހަވާޓްޒްއެވެ.

ރެއާލްއަށް މި މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ވިނީޝިއަސް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފު ނިމެނިކޮށް ބެންޒެމާއަށް ލިބުނު ފުރުސަތުވެސް ބޭކާރުވީއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ބެންޒެމާ ވަނީ ފަހު ހާފުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ކޮޅަށް ހެޓްރިކް ހަދައިފައެވެ. އަދި މިރޭ ޗެލްސީ ދަނޑުގައި 46 މިނިޓް ތެރޭ ބެންޒެމާ ހެޓްރިކް ހެދިއިރު، އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ނޮކައުޓް ބުރުގައި ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކް ހެދި ދެ ވަނަ ކުޅުންތެރިޔާއެވެ. ކުރިން އެކަން ހާސިލްކޮށްފައި އޮތީ ރެއާލްގައި ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޗެލްސީ އަށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ އަންނަ ހަފްތާގައި މަދުވެގެން ތިން ގޯލުން ރެއާލް ދަނޑުގައި މޮޅުވެގެން، ނޫނީ ދެ ގޯލުގެ ފަރަގުން މެޗު ނިންމާލައި، ޕެނަލްޓީ އަށް ގޮސްގެން ކުރިހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *