ތާރާ ލޯބިވެރިޔާ ގޮވައިގެން އަނެއްކާވެސް ރާއްޖޭގައި

ތާރާ ލޯބިވެރިޔާ ގޮވައިގެން އަނެއްކާވެސް ރާއްޖޭގައި

Author
ފާތިމަތު ނާވީ
07 އޭޕްރިލް 2022 11:41
0

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ތާރާ ސުތާރިއާ އާއި އޭނާގެ ލޯބިވެރިޔާ އާދަރް ޖެއިން ރާއްޖެ އަތުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު މި ލޯބި ކަޕުލް ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޭ.ޑަބްލިއު މެރިއޮޓް ރިސޯޓުގައެވެ.

ތާރާ އަންނަަނީ މި ޗުއްތީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. މި ޖޯޑަކީ ޒުވާން ކުދިންގެ މެދުގައި ވަަރަށް މަގުބޫލު ޖޯޑެކެވެ.

 

View this post on Instagram

 

A post shared by TARA???? (@tarasutaria)

މި ދެމީހުން އެކުގައި ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާ ނުކުރި ނަމަވެސް ދެމީހުން ތިބެނީ އެއްކުލައިގެ ހެދުމެއްގައި އެއް ރިސޯޓެއްގައި ކަން އެނގެއެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެކެވެ. އާދަރް ވެސް ވަނީ އޭނާ ގެ ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާ ކޮށްފައެވެ. ކަޕޫރް އާއިލާއަށް ނިސްބަތްވާ، އާދަރަކީ ރީމާ ކަޕޫރްގެ ފިރިހެން ދަރިފުޅެވެ.

 

View this post on Instagram

 

A post shared by Aadar Jain (@aadarjain)

އުމުރުން 26 އަހަރުގެ ތާރާ ބޮލީވުޑަށް ތައާރަފް ވީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2″ އިން ޓައިގާ ޝްރޯފާ އެކުގައެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ "ހީރޯޕަންތީ 2″އެކެވެ. އެ ފިލްމުން ވެސް ފެނިގެން ދާނީ ޓައިގާ ޝްރޮފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.