ޔަމީ ގޯތަމްގެ އިންސްޓަގްރާމް އެކައުންޓް ހެކްކޮށްފި

ޔަމީ ގޯތަމްގެ އިންސްޓަގްރާމް އެކައުންޓް ހެކްކޮށްފި

Author
ފާތިމަތު ނާވީ
05 އޭޕްރިލް 2022 05:41
0

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ޔަމީ ގޯތަމްހެ އިންސްޓަގްރާމް އެކައުންޓް ހެކް ކޮށްފިއެވެ. ޔަމީ ބުނެފައިވާ ގޮތުގައި އިންސްޓަގްރާމަށް އޭނާ އަކަށް ނުވަދެވެއެވެ.

ޔަމީ އިއްޔެ ވަނީ ޓްވިޓާގައި މިކަން ޔަގީން ކޮށްދީ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓުގައި އޭނާ ބުނެފައިވަނީ އޭނާގެ އިންސްޓަގްރާމް ހެކް ކޮށްފައިވާ ކަމަށާއި އޭނާއަށް އިންސްޓްގަރާމަށް ނުވަދެވޭ ކަމަށެވެ.

އަދި އެކައުންޓް ރިކަވާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ހުރިހާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެކައުންޓް ހެކް ކުރި ސަބަބު ނޭނގޭ ކަމަށް ބުނެފައި ވެއެވެ.

ޔަމީ ގޯތަމް އާއި ޑައިރެކްޓަރު އަދިއްތިޔާ ދަރް ކައިވެނި ކޮށްފައިވަނީ މިދިއަ އަހަރު ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.