ގުރްމީތާއި ދެބީނާއަށް އަންހެން ކުއްޖެއް ލިބިއްޖެ

ގުރްމީތާއި ދެބީނާއަށް އަންހެން ކުއްޖެއް ލިބިއްޖެ

Author
ފާތިމަތު ނާވީ
06 އޭޕްރިލް 2022 05:22
0

ޓީވީ ތަރިން ކަމުގައިވާ ގުރްމީތު ޗޯދްރީ އާއި ދެބީނާ ބޮނެރްޖީއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

މިއީ މި ދެމީހުންގެ ފުރަތަމަ ދަރިފުޅެވެ. ހޯމަ ދުވަހު އިންސްޓަގްރާމްގައި ހިއްސާ ކުރި ވީޑީއޯ ކޮޅެއްގައި ފެންނަނީ ތުއްތު ދަރިފުޅުގެ އަތެވެ. ނަމަވެސް އެކުއްޖާގެ މޫނެއް ނުފެނެއެވެ. ދެބީނާ ވިހައިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

 

View this post on Instagram

 

A post shared by Gurmeet Choudhary (@guruchoudhary)

މި ވީޑީއޯ ހިއްސާ ކުރުމާއި އެކުގައި އެމީހުންގެ ފޭނުންނާއި އިންޑަސްޓްރީގެ ގިނަ މީހުން ވަނީ ތަހުނިޔާގެ މެސެޖުތައް އޮއްސަން ފަށާފައެވެ.

ދެބީނާ އާއި ގުރްމީތު ކައިވެނި ކުރީ 2011 ވަނަ އަހަރުއެވެ. އަދި ދެބީނާ ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.