އެމްޕީއެލް ސަރަހައްދު އާންމު ހާލަތަށް ގެނެސްފި

އެމްޕީއެލް ސަރަހައްދު އާންމު ހާލަތަށް ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2022 02:51
0

ކެމިކަލް ތަކެއް ލީކުވެގެންކަމަށް ބެލެވޭތީ އެމްޕީއެލް ސަރަހައްދު ބަންދުކުރިތާ ގިނަ އިރުތަކެއް ނުވަނީ އެސަރަހައްދު އާންމު ހާލަޔަށް ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްޕީއެލް ސަރަހައްދު ބަންދުކޮށްފައިވަނީ އެސަރަހައްދުގައި ކެމިކަލް ލީކުވެގެން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެންކަމަށެވެ. އެސަރަހައްދުގައި ފުލުހުންނާއި ސިފައިންވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފާޚާނާގައި ބޭނުންކުރާ ކެމިކަލްތަކެއް ލީކުވިކަމަށް ބެލެވިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން އެބޭފުޅުން އެސަރަހައްދަށް ވަޑައިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އެސަރަހައްދު އާންމު ހާލަތަށް ގެނެސްފައިވަކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށްވެސް އަދި އެއްވެސް އެއްޗަކަށްވެސް ގެއްލުން ވެފައި ނުވާކަމަށް އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.