ބޯޑަރު ހުޅުވުމަށް ސަރުކާރުން ދެކޮޅުހެދި މިންވަރު ހާމަކޮށްދޭނަން: ނަޝީދު

ބޯޑަރު ހުޅުވުމަށް ސަރުކާރުން ދެކޮޅުހެދި މިންވަރު ހާމަކޮށްދޭނަން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2022 01:57
0

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޖިލީހުގައި ކުރެވުނު މަސައްކަތުގައި ސަރުކާރުން އެކަމަށް ދެކޮޅު ހެދި މިންވަރު ހާމަކޮށްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅުނު ފޮރިން ސާވިސް ބިލުގެ ބަހުސްގައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ޔަގޫބް ވިދާޅުވީ ކޯވިޑުން ރާއްޖެ އަރައިގަނެވި، ބޯޑަރު ހުޅުވިގެން ދިޔައީ ރައީސް ޞާލިހާއި، ސަރުކާރުން އެޅި ހަރުދަނާ ސިޔާސަތުގެ ސަބަބުންކަމަށެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ކެބިނެޓާއި، ރައީސް ޞާލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި މިއަދު މިހިސާބަށް އާދެވުނީ ފިނޭންސް މިނިސްޓަރ އަމީރާއި، އިކޮނޮމިކް މިނިސްޓަރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބްގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވައި، އޭރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޖިލީހުން މަސައްކަތް ކުރުމުން ސަރުކާރުން އެކަމަށް ހުރަސް އެޅިވަރު ދިވެހި ރައްޔިތުންނަށް ހާމަ ކޮށްދެއްވާނެކަމަށެވެ.

ބޯޑަރު ހުޅުވުމާއި ގުޅޭގޮތުން މިތަނުގެ ކޮމެޓީތަކުގައި ދެކެވުނު ވާހަތަކައި، ސަރުކާރުން އެކަމަށް ހުރަސް އަޅަމުން ގެންދިޔަ ގޮތް އަދި ބައެއް މެމްބަރުންވެސް އެކަމާއި ނުރުހުން ފާޅު ކުރަމުން ގެންދިޔަ ގޮތް ސާފުކޮށް މަޖިލީހަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެގޭނެ ގޮތް އަޅުގަނޑު ހަމަޖައްސައި ދޭނަން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިވާހަތަކަށް ރައްދު ދީފައިވާ އެންމެ ބޮޑު ސަބަބަކީ މިނިސްޓަރ ފައްޔާޞުގެ މަސައްކަތް ޔައުގޫބު ފާހަގަ ކުރެއްވުމުންކަމަށް ބެލެވެއެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތުގައި އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ހިމެނި ވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އ
ނަޝީދު ބުނުއްވީ ހަމަތެދުފުޅެއް
ގ ގޯޅި
ހާދަވަރެއްވެފައޭ މި ހުންނަނީ. މިއީ އިދިކޮޅު ލީޑަރުތަ؟