ސަލްމާން މިސްކިތް ބަލަހައްޓަނީ ސަރުކާރުން، ޕާކިން ޒޯން ހެދުމަށް އެއްބާލުމެއް ނުލިބޭ: މުއިއްޒު

ސަލްމާން މިސްކިތް ބަލަހައްޓަނީ ސަރުކާރުން، ޕާކިން ޒޯން ހެދުމަށް އެއްބާލުމެއް ނުލިބޭ: މުއިއްޒު

ސައުދީ ސަރުކާރުގެ އެހީގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރުމަށް ހުޅުވާލި ނަމަވެސް، މިސްކިތް ކައުންސިލާއި ހަވާލުކޮށް ކޮށްފައި ނުވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުމާއިއެކު، އެތައް ސަތޭކަބަޔަކު އެމިސްކިތުގައި ނަމާދު ކުރުމަށް ގޮސް ވެހިކަލް ޕާކް ކުރުމުގައި ހުރި ދަތިތަކާއި ގުޅިގެން ސޯޝަލް މީޑިއާގައާއި، މާލެ ސިޓީ ކައުންސިލަށް ގުޅައި ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން އެކަން ސާފުކޮށް ދެއްވުމަށް ކުރެއްވި ޓުވީޓެއްގައެވެ.

މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމަށް ސޯމިލް ހުސްކޮށް މަސައްކަތް ފެށުމަށް އުޅުނު ނަމަވެސް ސަރުކާރުން އެކަމަށް އެއްބާލުދުން މިހާތަނަށް ދީފައި ނުވާކަމަށެވެ. މާލޭގެ މިސްކިތްތައް ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލުން ކުރާކަމެއް ކަމަށްވީނަމަވެސް މިހާތަނަށް ކިންގް ސަލްމާން މިސްކިތް ސަރުކާރުން މާލެ ސިޓީ ކައުންސިލާއި ހަވާލުވެސް ކޮށްފައި ނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތުގެ އެކި ކަންކަމުގައި ސިޓީ ކައުންސިލަށް ގުލައި، މެސެޖް ކޮށް ހަދާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާލަން. ކިންގް ސަލްމާން މިސްކިތް ބަލަހައްޓަނީ ސަރުކާރުން. ސިޓީ ކައުންސިލާއި، ހަވާލެއް ނުކުރޭ. އަދި ސޯމިލް ހުސްކޮށް، ޕާކިން ޒޯނެއް ހެދަން މާލެ ސިޓީ ކައުންސިލުން ކުރި މަސައްކަތަށް އެއްބާރުލުން އަދި ނުލިބޭ.

– މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މަސްޖިދު ސަލްމާން ރަސްމީކޮށް ނުހުޅުވި ނަމަވެސް، މިސްކިތުގައި ހުރިހާ ވަގުތެއްގައިވެސް ނަމާދުކުރުން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަމަޟާންމަހު ތަރާވީހު ނަމާދާއި ދަމުނަމާދުކުރުންވެސް އޮންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. ތުރުކީގެ ކުންފުންޏަކާއި ހަވާލުކޮށް، މިސްކިތުގެ ޢަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. މިސްކިތުގެ ހުރިހާ މަސައްކަތެއް 2020 ވަނަ އަހަރު ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހަށް މި މިސްކިތް އާއްމުކޮށް ހުޅުވާލަން ނިންމި ނަމަވެސް އެކަން މަޑުޖެހުނީ ކޯވިޑް-19ގެ ހާލަތު އޭރު މާލޭގައި ގޯސްވެ ކޭސްތައް އިތުރުވުމުންނެވެ.

ސަލްމާން މިސްކިތަށް ބޭނުންވާ ބައެއް ފަރުނީޗަރު ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިވަގުތުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މި ވަގުތަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް ސަރުކާރުން ވަނީ 2 މިލިއަން ރުފިޔާ ހަމަޖައްސަވާފައެވެ. އަދި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރި މަސައްކަތްތަކަށް ސަޢުދީ ސަރުކާރުން 2 މިލިއަން ޑޮލަރު ހަމަޖައްސަވާނެކަން އަންގާފައިވާކަމަށާއި، އެ ފައިސާވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މަސްޖިދު ސަލްމާންގައި ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ އިމާރާތުގެ ފުރަތަމަ 2 ފަންގިފިލާއެވެ. އެއީ އެއްފަހަރާ ގާތްގަނޑަކަށް 4000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައެވެ. މީގެ ތެރެއިން އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވަނީ މިސްކިތުގެ 2 ވަނަ ފަންގިފިލާއެވެ. މި މިސްކިތުގެ ގޯތިތެރެ ހިމެނޭހެން ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ މި މިސްކިތުގައި ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، ކިންގް ސަލްމާން މިސްކިތުގައި 4 ކްލާސްރޫމަކާއި، ސެމިނަރ ރޫމަކާއި، ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ ބޮޑު އޮޑިޓޯރިއަމަކާއި، އިސްލާމިކް ލައިބްރަރީއެއްގެ އިތުރުން ދީނީ ދަރުސް ދިނުމަށް މަލްޓި-ޕަރޕަސް ހޯލެއް ވަނީ ޤާއިމުކޮށްފައެވެ. މި މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ސޯމިލް ނަގާފިކަމުގާވާނަމަ އެމްޓީސީސީގާވާ ސަރުކާރުގެ ހިއްސާ ކުޑަވާންޖެހޭނެ އެމްޓީސީސީ އުފެއްދުމައް ސަރުކާރު ހިއްސާގެގޮތުގާ ދެއްވީބިމާއި ބާވެވެހިކަލްތަކެއް ފައިސާ އަކީ ހިއްސާވިއްކާގެން އާމުރައިއްޔަތުން އަތުން ލިބުނުފައިސާ

  2. Sarukaarun balahattanee kee noon e ulhenee Salmaan miskiy ves indiaa ah vikkaalan vegen, mihaaru ves RY elhuvvi dharumavantha hospitaa ves e other vikkaalaigen laarigandu kaalaafa.

Leave a Reply

Your email address will not be published. Required fields are marked *