މަލަޔާލަމް ފިލްމު "ޖޯސެފް"ގެ ހިންދީ ރިމޭކެއް

މަލަޔާލަމް ފިލްމު "ޖޯސެފް"ގެ ހިންދީ ރިމޭކެއް

Author
ފާތިމަތު ނާވީ
01 އޭޕްރިލް 2022 08:43
0

2018 ވަނަ އަހަރު ރިލިޒް ކުރި މަލަޔާލަމް ފިލްމު "ޖޯސެފް"ގެ ހިންދީ ރިމޭކެއް ހަދަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ފިލްމަކީ ކްރައިމް ތުރިލާ އެކެވެ. މި ފިލްމަށް ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަނީ ޑިއޯލް ހަމަޖައްސާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމް އަކީ އަނބިމީހާ މަރުވެފައިވާ ރިޓަޔާޑް ޕޮލިސް އޮފިސަރަކު ކުރާ ތަހުގީގަކުން ދިމާވާ އާދަޔާ ހިލާފު ކަންތައް ތަކެއް ދައްކުވައިދޭ ފިލްްމެކެވެ.

އަދި މިހާތަނަށް ވަކި ނަމެއް ދީފައިނުވާ މި ފިލްމުން ސަނީ ޑިއޯލްގެ އިތުރުން ދެން ފެންނާނީ އަނިލް ޝަރްމާ އާއި އަމީޝާ ޕަޓޭލް އެވެ.

ފިލްމުގެ ޝޫޓިންގ މިފެށުނު އޭޕްރީލް މަހުގެތެރޭ ފެށުމަށް ސަނީ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.