ފްލޯޓިން ސިޓީ މަޝްރޫގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

ފްލޯޓިން ސިޓީ މަޝްރޫގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2022 08:56
0

މާލެ ސިޓީ ކައުންސިލުން ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލް އާއެކު އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.

މި އެމްއޯޔޫގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިންޓާރނޭޝަނަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕްއެވެ. މިއަދު ސޮއި ކުރެވުނު އެމްއޯޔޫ އަކީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢު އާއި ގުޅޭ އެމްއޯޔޫއެކެވެ. މި އެމްއޯޔޫގެ ބޭނުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތްކުރުމެވެ.

މިކަމާއި ގުޅޭގޮތުން މޭޔަރު ޑރ މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމެއްގައިފަހުން އެމަނިކުފާނާއި މިހާރުގެ ކައުންސިލުން އެކަމަކަށް މަރުޙަބާ ކިޔާނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތަށް ހޯދައިދިނުންކަން މި އެމްއޯޔޫއިންވެސް ދޭހަވެގެންދާކަމުގައެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި މިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާސް
މުއީޒައްް ރައްޔިތުންް ދިންފުރުސަތުު ގެންލުވައިލައިފިި ދެނެއްް މުއީޒަކަސްް ރައްޔިތުންް އިތުބާރެއްނުކުރާނެެ ލިބޭނެމޮޅުލިބުނީ