އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލާއި، އޭނާގެ ޓީމުން ހުވަދު އަތޮޅުގެ ރަށްތަކަށް ކެމްޕެއިނަށް ވަޑައިގަތުމުން އެއަތޮޅުން ފައްޔާޟަށް އޮތް ތާއީދު ދައްކާލައިފިއެވެ.
އައްޑޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުގައި ބައިވެރިވުމަށްފަހު، މިއަދު ފައްޔާޟާއި، ރޮޒޭނާގެ ޓީމުން ވަނީ ހުވަދު އަތޮޅަށް ކެމްޕެއިން ދަތުރުތައް ފަށާފައެވެ. މިދަތުރުގައި ފައްޔާޟާއި، ރޮޒޭގެ ޓީމުން މިއަދު ވަނީ ހުވަދު އަތޮޅު ދެކުނުބުރީގެ ތިން ރަށަކަށް ވަޑައިގެންފައެވެ.
ހިންގާލަން ކެމްޕެއިން – ޗެއަރޕަރސަން ކެންޑިޑޭޓް @faya_i ގދ.ފަރެސްމާތޮޑާއަށް ވަޑައިގެން މެމްބަރުންނާއި ބައްދަލުކޮށް ވާހަކަދެއްކެވުން
#MDPhingaalan pic.twitter.com/rTzwhj38qE— Maimoon (@mrsays_) March 28, 2022
ފައްޔާޟުގެ ޓީމުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ.ފަރެސްމާތޮޑާއަށެވެ. ފަރެސް މާތޮޑާއިން ފައްޔާޟުގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެއަށްފަހު ދެން ވަޑައިގަތީ ގދ.ވަދޫއަށެވެ. ވާދޫއަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދުގެ ރަށެވެ. ވާދޫއިން ފައްޔާޟުގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
Mikan nimijje. Gdh. vaadhoo in hingaalan campaign ah bodu tharuheebeh. #MDPhingaalan. pic.twitter.com/msxcuYNvhe
— Maimoon (@mrsays_) March 28, 2022
ވާދޫއަށްފަހު ފައްޔާޟުގެ ޓީމު ވަޑައިގެންނެވީ މިއަދު ހަވީރު ގައްދޫ އަށެވެ. ފިނޭންސް މިނިސްޓަރ އަމީރު ނިސްބަތްވާ ގައްދޫއިން ވަނީ ގިނަ އަދަދެއްގެ ބަޔަކު ފައްޔާޟަށް މަރުހަބާ ކިޔަން ނިކުމެފައެވެ. ގައްދޫއިން ފައްޔާޟަށް ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިއީ މިހާތަނަށް އަތޮޅު ތެރޭގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން އެންމެ ހޫނު މަރުހަބާއެއް ފައްޔާޟުގެ ޓީމަށް ލިބުނު އެއްރަށެވެ.
ސާބަހޭ ގދ.ގައްދޫއާ މިއޮއްތު ރޫޙުގައި. ????????????#MDPhingaalan pic.twitter.com/GQdOKeVc6O
— Maimoon (@mrsays_) March 28, 2022
ކުރިއަށް ރޯދަމަސް އޮތުމާއިއެކު ފައްޔާޟުގެ ޓީމުން ގެންދަނީ ވީހާވެސް ގިނަ ރަށްތަކަކަށް ރޯދައިގެން ކުރިންވެސް ޒިޔާރަތްކޮށް އެމްޑީޕީގެ މެމްބަރުންނާއި، ބައްދަލު ކުރުމަށެވެ. ފައްޔާޟުގެ ޓީމުން ހުވަދޫގައި ހަރަކާތްތެރިވާއިރު، އޭނާއާއި ވާދަކުރާ އިންތިގެ ޓީމުން ދަނީ ކ.އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ