ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ސައްކަތް ނިމުމަކާއި ގާތަށް

ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2022 03:33
0

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މިހާތަނަށް މަސައްކަތުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ދުއްވާ މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާއިރު، 17،790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް މިމަހު 26 ވަނަ ދުވަހު ވަނީ ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 4960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މައްސައްކަތް ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގައެވެ. ދެވަނަފިޔަވަހީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ދުވާފަރުގެ ބޮޑު 7 މަގެއްގަ ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ37.8 މިލިއަން ރުފިޔާއަށެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިިޔަވަހީގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އެމްޓީސީސީން ވަނީ ނިންމާފައެވެ. މިފިޔަވަހީގެ ދަށުން 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ވަނީ ތާރުއަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.