ކުރީގެ ލޫޅާފަތިކަން އަނބުރާ ހޯދުމަށް ކަރިނާ ބިރިޔާނީ އާއި ހަލުވާއަށް އަލްވަދާއު ކިޔައިފި

ކުރީގެ ލޫޅާފަތިކަން އަނބުރާ ހޯދުމަށް ކަރިނާ ބިރިޔާނީ އާއި ހަލުވާއަށް އަލްވަދާއު ކިޔައިފި

Author
ފާތިމަތު ނާވީ
29 މާރޗް 2022 12:37
0

ބޮލިވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު އޭނާގެ ކުރީގެ ލޫޅާފަތިކަމަށް އެނބުރި ދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް ބުނެފިއެވެ.

މިހާރު ދެކުދިން ލިބިފައިވާ ކަރީނާއަކީ ބޮލީވުޑްގައި ލޫޅާފަތިކަމަށް މަޝްހޫރު ތަރިއެކެވެ. އެއް ޒަމާނެއްގައި އޭނާ އަކީ ބޮލީވުޑްގައި ހުރި ސައިޒް ޒިރޯގެ ހަމަ އެކަނި ބަތަލާއެވެ.

ނަމަވެސް ދަރިން ލިބުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ ބޮޑު ބަދަލު އޭނާގެ ހަށިގަނޑުންވެސް ފެނެއެވެ. އަދި ކޮންމެވެސް ވަރަކަށް މަސްޖަހައި ކަރީނާ ވަނީ ފަލަވެފައެވެ.

އެހެން ކަމުން އޭނާ ކުރީގެ ލޫޅާފަތި ކަމަށް އެނބުރި ދިއުމަށް ބިރިޔާނީ އާއި ހަލުވާއާ ދުރަށް ގޮސްފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި ޔޯގާ ކްލާސްތައް ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.