ކޯވިޑަކީ މިސަރުކާރުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ގެންގުޅޭ ޓޫލް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 67 ރަށުގައި ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ރަމްޒީގޮތުން ދިވެހި ސަރުކާރާއި ހަވާލު ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، ދައުލަތުގެ ވަޒީރުންނާއި، އިންޑިޔާ އެމްބަސީގެ އިސްބޭފުޅުން އެއްވެސް ގައިދުރުކަމެއް ނެތި ފޮޓޯ ނަގައި އިވެންޓުގެ ކަންކަން ކުރިއަށް ގެންދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ގަވާއިދު ބުނާގޮތުންވެސް ގައިދުރު ކަމާއިއެކުވެސް އެއްވެވޭނީ އެންމެ ގިނަވެގެންވެސް 15 މީހުންނަށެވެ.
ނަމަވެސް އިއްޔެ މި ރަސްމިޔާތުގެ ފޮޓޯއިން ފެންނަ ގޮތުންވެސް 40 އަށްވުގެ ގިނަ މީހުން މި ބައްދަލުވުމުގައި އެކީ ބޮޑިވެ ފޮޓޯ ނަގާފައިވެއެވެ. މިކަމާއި ގުޅިގެން ޝުޖާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ މިފެންނަ މަންޒަރުތަކުން ސަރުކާރުން ކޯވިޑް ކޮންޓްރޯލް ކުރުުގެ ނަމުގައި ކުރަމުންދަނީ މަކަރުވެރި މަސައްކަތްތަކެއްކަން ހާމަވާކަމަށެވެ.
Mi vaa gotheh eba egey Tho Maimoona?Gai dhurukoh Gondi jahaafa,Emmen Bondivegen!Mee Kon kahala usooleh gengulhey sarukaareh tho @HPA_MV?COVID Fathuranee Sarukaarun.COVID akee Misarukaarun LCE kaamiyaabu kurumah gengulhey tool eh.@HPA_MV Zimmaadhaaru vey.@PoliceMv @AhmedMahloof pic.twitter.com/zSh4p1BAXw
— Ibrahim Shujau ? (@shuja3831) November 10, 2020
އެއްވެސް ގައިދުރުކަމެއް އެޗްޕީއޭއިން އާންމުކޮށްފައިވާ މިންގަނޑަށް ބެލުމެއްނެތި މިސަރުކާރުން ކޮންމެ ކަމެއް ކުރިކަމުގައިވީނަމަވެސް އެއީ މައްސަލައަކަށް ނުވާކަމީ ކަންބޮޑުވަކަމެއްކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ސަރުކާރުގެ މަޤްސަދަކީ ކޮބައިކަން ހާމަވަމުންދާކަމަށް ޝުޖާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙުލޫފު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ. މިރަސްމިޔާތު ބާއްވާފައިވަނީ ގަލޮޅު ބޯޅަދަނޑުގައެވެ.
ކޮމެންޓު ފޮނުވާ