ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖޭގެ ދެކުނުގެ ދެ ސިޓީއަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލެއްވިއެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ މާ ހެފުމެއް ގައިވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ކުރައްވި ދަތުރުފުޅުގައި އެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައިވެއެވެ.