ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ ވިޔަފާރީ ވެރިޔާ އާނަންދު އަހޫޖާ އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރީ މީގެ މިދިޔަ ހަފްތާގައެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ލޯބި ފޮޓޯ އަކާއި އެކުގައި ސޯނަމް ބަނޑުބޮޑުކަން ހާމަ ކުރިއިރު އޭނާ މި އަހަރު ފަހުކޮޅު ވީހާނެކަމަށް ވެސް ބުނެފައި ވެއެވެ.
ސޯނަމް އާއި އާނަންދު މިވަގުތު ތިބީ މުމްބާއީގައި އާއިލާއާ އެކުގައެވެ. ބަނޑުބޮޑުކަން ހާމަކުރިފަހުން މިދެމީހުން އެކުގައި ވަނީ ފުރަތަމަ ފަހަރަށް އިވެންޓަކުން ފެނިގެން ގޮސްފައެވެ.
ސޯނަމްގެ ބޭބީ ބަމްޕް ވަރަށް ރީތިކޮށް ފެންނަ ކަހަލަ، ގަދަ ނޫކުލައިގެ ސޫޓެއްގައި އޭނާ ހުރިއިރު އޭނާ އަކީ ފެޝަން އަށް ވަލަށް ލޯބިކުރާ ތަރިއެއްގެ ގޮތުގައި ވަނީ ފަހަގަ ކުރެވިފައެވެ. އެހެން ކަމުން ބަނޑުބޮޑު ހެދުން ކަލެކްޝަން އެއް ފެނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
މި ދެމިހުންގެ އިތުރުން ގިނަ އަދަދެއްގެ ތަރިން ވަނީ މި އިވެންޓުން ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ސޯނަމްގެ ކޮއްކޮ ހަރްޝްވަރްދަން އާއި ބައްޕަ އަނިލް ވަނީ މި އިވެންޓަށް ހާޒިރު ވެފައެވެ.
ސޯނަމް ބަނޑުބޮޑު ޚަބަރު ލިބުމާއި އެކު އަނިލް ބުނެފައިވަނި އޭނާ ކާފާއަކަށް ވާހިތުން ކެތްމަދުވެފައި ވާކަމަށެވެ. އަދި އޭނާ މިހާރު ދަނީ އެންމެ ބޭނުން ވި ރޯލަށް ތައްޔާރު ވަމުން ކަަމަށްވެސް އަނިލް ވަނީ ބުނެފައެވެ.
ސޯނަމް އާއި އާނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. އެފަހުން ސޯނަމް ވަނީ ފިލްމްކުޅުމާވެސް ވަރަށް ދުރަށް ޖެހިލާފައެވެ. ސޯނަމް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރުގެ ފިލްމް "ޒޯޔާ ފެކްޓާ" އިންނެވެ.