ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީއަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާރިޗް 26، 2022 ގައިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ނައިބް ރައީސް މިއަދު ހެނދުނު ފުވައްމުލަކަށް ފުރައި ވަޑައިގެންފައިވައި، ރައީސް ޞާލިހު މިއަދު މެންދުރު ފަހު ފުވަށްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެމަނިކުފާ މި ދަތުރުފުޅު ކުރައްވާނީ މިމަހުގެ 28 ގެ ނިޔަލަށެވެ. ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ގަން، ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ އިތުރުން ފޭދޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ހިނގާ މުހިންމު ހަރަކާތްތައް:
– ނޭޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން
– އައްޑޫ ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުން
– އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުން
– މަރަދޫ ބަނދަރު ހުޅުވައި ދެއްވުން
– ބަނދަރު ހުޅުވައި ދެއްވުން
– ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައި ދެއްވުން
– ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައި ދެއްވުން
މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އައްޑޫގައި މުޅިން އަލަށް ހުޅުވާ ނޭޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އިފްތިތާހު ކުރުމެވެ.
އައްޑޫގައި ޕޮލިސް އެކަޑަމީއެއް އިމާރާތްކުރުމުގެ މަޝްވަރާތައް 2009 ގައި ފަށައި އެތަން އިމާރާތްކުރަން އިންޑިއާގެ ސަރުކާރާ އެކު ސޮއިކުރީ 2012 ގައެވެ. އިންޑިއާގެ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ގާއިމުކޮށްފައިވާ އެ ޕޮލިސް އެކަޑަމީ އަކީ އެ ގައުމުގެ މިލިޓަރީ ބޭސްއެއް ކަމަށާއި އެތަނުގައި އަސްކަރީ ހަރަކާތްތައް ހިންގާނެ ކަމުގެ އިދިކޮޅުގެ ފާޑުކިއުން ސަރުކާރަށް އެބައޮތެވެ.
ކޮމެންޓު ފޮނުވާ