ގެއެއްގެ ތެރޭ ވަޅުލާފައިހުރި 42 ކިލޯ މަސްތުވާތަކެތި އަތުލައިގަނެފި

ގެއެއްގެ ތެރޭ ވަޅުލާފައިހުރި 42 ކިލޯ މަސްތުވާތަކެތި އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2022 10:09
0

މާލޭގެ ގެެެެއްގެ ތެރޭގައި ވަޅުލާފައި ހުރި 42 ކިލޭގެ މަސްތުވާތަކެތި ފުލުނުން އަތުލައިގަނެފިއެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ތެރޭގައި އުޅޭ ބައަކާ ގުޅުން އޮތް ކަމަށް ބެލެވޭ އެ މަސްތުވާތަކެތި ހުރީ ތަޅުންގަނޑުގެ އަޑީގައި ވަޅުލައިފައެވެ. އެ ތަކެތި ފެނުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓްގެ އޮފީސް ކުރިމަތީގައި ހުރި ގެއަކުންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިއެއްނޫޅެއެވެ.

ކަމަިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރި ޓުވޯޓެއްގައި ވިދާޅުވީ ފުލުުހުން އިއްޔެއިން ފެށިގެން މާލޭގައި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސް ހިންގި އޮޕަރޭޝަންގައި މިތަކެތި އަތުލައިގަނެފައިވާއިރު، މިމައްސަލާގައި މިހާރުވަނީ އެކަކު ހައްޔަރުކޮށް މައްސަލަ ތަހުގީގް ކުރަން ފަށާފައެވެ.

މިފަހަކަށް އައިސް މާލެއިން ގިނަ އަަދެއްގެ މަސްތުވާތަކެތި ފުލުހުންދަނީ އަތުލައި ގަންނަވަމުންނެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ޕިކަޕެއް ހުއްޓުވައި އޭގައި ހުރި 17 ކިލޯގެ މަސްތުވާތަކެތިވެސް ފުލުުހުންވަނީ އަތުލައި ގަނެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ހަލައްކަ ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ކަސްޓަމްސްއިން ހޯދާފައިވާ 17 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކުރުމުން، އެސަރވިސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 4 މީހެއް ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 37 އަހަރާއި ދެމެދުގެ 2 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.