އިންސާނާއަށް ދެއްވި އެންމެ މުހިންމުކަން ބޮޑު ދެ ގުނަވަނަކީ ފެނުމާއި އަޑުއެހުމުގެ ހިއްސެވެ!

އިންސާނާއަށް ދެއްވި އެންމެ މުހިންމުކަން ބޮޑު ދެ ގުނަވަނަކީ ފެނުމާއި އަޑުއެހުމުގެ ހިއްސެވެ!

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

މާތްﷲ އިންސާނާ އަށް ދެއްވި ގުނަވަންތައް ހެޔޮގޮތުގައި ބަލަހައްޓާ ރައްކާތެރި ކުރުމަކީ މާތް ﷲ ވާޖިބް ކުރައްވާފައި ވާ ކަމެކެވެ. އެގުނަވަންތަކަކީ މާތްﷲ ދެވި ބޮޑު ނިޢުމަތެއްކަން ދަނެ އެކަމަށް ޝުކުރު ވެރި ވުމަކީ ގުނަވަތައް ރައްކާތެރި ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މާތްﷲ އިންސާނާއަށް ދެއްވި އެންމެ މުހިންމު ކަން ބޮޑު ދެ ގުނަވަނަކީ ފެނުމާއި އަޑުއެހުމުގެ ހިއްސެވެ. މި ދެކަމަކީ އޭނާގެ ހިތް ހަލާކު ކޮށްލާ މުންކަރާތް ތަކަށް އަރައިގަތުމަށް މަގު ފަހިކޮށްދޭ  ދެކަންތަކެވެ. އެހެން ކަމުން މި ހިއްސުތަކާ ބެހޭ ގޮތުން ގިޔާމަތް ދުވަހުން ސުވާލު ކުރައްވާނެކަން އަންގަވާ ވަހީ ކުރައްވަނީ (إنالسمعوالبصروالفؤادكلأولئككانعنهمسؤولا)މާނައަކީ: "ހަމަ ކަށަވަރުން އަޑުއެހުމާއި ފެނުން އަދި ހިތާބެހޭ ގޮތުން މާތްﷲ ސުވާލު ކުރައްވާނެތެވެ."

އަލްއިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވި ބަސްފުޅެއްގައި ވެއެވެ. އިންސާނާގެ ލޮލާއި, ކަންފަތާއި, ދުލާއި, ފޮރުވިފައިވާ ގުނަވަންތަކާއި, އަތާއި, ފައި މި 6 ކަންތަކަކީ އިންސާނަކު ހަލާކު ވުމަށްވެސް އަދި ސަލާމަތް ވުމަށްވެސް ބޭނުންކުރެވިދާނެ ހަތިޔާރު ތަކެކެވެ. މި 6 ގުނަވަނަށް ރައްކާތެރި ނުވެއްޖެ މީހާ ހަލާކު ވެގެން ހިގައި ދާނެ އެވެ. އަދި މި ގުނަވަންތައް ރައްކާތެރި ކޮށް، އޭގެ ރަގަޅު ގޮތުގައި ބޭނުން ކޮށްފި މީހާ އަށް ސަލާމަތް ކަން ލިބިއްޖެ އެވެ. މި 6 ގުނަވަނަށް ރައްކާތެރި ވުމަކީ ހުރިހާ ރަގަޅު ކަންތަކެއްގެ އަސާސެވެ. އަދި މި ގުނަވަންތަކަށް ރައްކާތެރި ނުވުމަކީ ހުރިހާ ނުބައި ކަމެއްގެ އަސާސް ވެސް މެ އެވެ.

މާތްﷲ ވަހީ ކުރައްވަނީ (قلللمؤمنينيغضوامنأبصارهمويحفظوافروجهمذلكأزكىلهم)މާނައަކީ: "އެބައި މީހުންގެ ލޯތައް ތިރިކޮށް, ފަރްޖުތައް ރައްކާތެރި ކުރުމަށް މުއުމިނުންނަށް ކަލޭގެ ފާނު ވިދާޅު ވާށެވެ. އެގޮތް އެމީހުންނަށް ހެޔޮކަން ބޮޑުވެގެން ވެއެވެ." މި އާޔަތު ގައި ލޯތައް ތިރި ކޮށް އަދި ފަރްޖު ރައްކާތެރި ކުރުމުގެ ވާހަކަ އައިސްފައި އޮތުމުން ދޭހަވެގެން ދަނީ ލޯ ތިރިކުރުމަކީ ނުވަތަ ނަޒަރް ތިރި ކުރުމަކީ ފަރްޖު ރައްކާތެރި ކޮށްދޭ ކަމެއްކަމެވެ. އަދި ބޭނުން ތަނަކަށް ބެލުމަށް ލޯހުޅުވާ ދޫކޮށްލާފައި ބެހެއްޓުމަކީ ނުބައި ކަންތަކަށް އަރައިގަތުމަށް މަގުފަހިވެގެން ދާނޭ ކަމެއްކަމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. ( فَالْعَيْنَانِزِنَاهُمَاالنَّظَرُ ، وَالأُذُنَانِزِنَاهُمَاالاسْتِمَاعُ ، وَاللِّسَانُزِنَاهُالْكَلامُ ، وَالْيَدُزِنَاهَاالْبَطْشُ ، وَالرِّجْلُزِنَاهَاالْخُطَا ، وَالْقَلْبُيَهْوَىوَيَتَمَنَّى ، وَيُصَدِّقُذَلِكَالْفَرْجُوَيُكَذِّبُهُ ) رواهالبخاري ( 6243 ) ومسلم ( 2657 ) މާނަ އަކީ: "ދެލޮލުން ކުރެވޭ ޒިނޭއަކީ ނުބައި ތަންތަނަށް ބެލުމެވެ. ދެކަންފަތުން ކުރެވޭ ޒިނޭއަކީ ނުބައި ވާހަކަތައް އަޑުއެހުމެވެ. ދުލުން ކުރެވޭ ޒިނޭއަކީ ނުބައި ފާހިޝް ވާހަކަ ދެއްކުމެވެ. އަތުން ކުރެވޭ ޒިނޭއަކީ ބީހުމެވެ. ފައިން ކުރެވޭ ޒިނޭއަކީ ނުބައި ކަންތަކަށް އަޅާ ފިޔަވަޅުތަކެވެ. ހިތުން އެކަމަށް އެދި އުއްމީދުކުރެ އެވެ. މިހުރިހާ ކަމެއް ތެދުކޮށް، ދޮގު ކުރަނީ ފަރްޖެވެ."

އަޅުގަޑުމެން އެންމެންނަށް ވެސް އެގޭނެ ފަދައިން ބެލުމަކީ ޒިނޭ ކުރުމަށް މަގު ފަހިކޮށްދޭ ކަމެކަމެވެ. އެހެންކަމުން ރިވެތި އަންހެން ކުއްޖަކާ ދިމާލަށް ބަލަހައްޓައިގެން ހުރުމަކީ އޭނާގެ ހިތުގައި އެކުއްޖަކާމެދު ލޯބިއުފެދި ފާހިޝް ކަންތަކަށް މަގުފަހި ކޮށްދޭނޭ ކަމެކެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ. (النظرةسهممنسهامإبليس)  މާނަ އަކީ: "ބެލުމަކީ އިބްލީސްގެ ތީރު ތަކުގެ ތެރެއިންވާ ތީރެކެވެ." ފިލްމު ތަކުގައި އަންހެން ކުދިން ނިވާކަންކުޑަ ޙާލުގައި ތިބެގެން ނަށާ، ލަވަކިޔާ ހަދާތަން ބެލުމަކީ ނުބައި ކަންތަކަށް މަގުފަހިކޮށްދޭނޭ ކަމެއްކަމާ މެދަކު އެއްވެސް ޝައްކެތް ނެތެވެ. އެހެންކަމުން މިފަދަ މަންޒަރުތައް ބެލުން އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ.

واللهأعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *