ފަރާ ޕޯސްޓް ކުރި ތާރީހީ ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެ

ފަރާ ޕޯސްޓް ކުރި ތާރީހީ ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެ

ޑައިރެކްޓަރ، ކޮރެއޮގްރާފާ ފަރާ ޚާން، ވަރަށް ތާރީހީ ފޮޓޯއެއް އިންސްޓަގްރާމަށް ދޫކޮށްލުމާ އެކުގައި ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯއަށް ހުއްޓިއްޖެއެވެ.

ފަރާ ޕޯސްޓްކުރި މި ފޮޓޯގައި ފެންނަނީ އޭނާ އާއެކު ސަލްމާން ޚާނާއި ޝާހުރުކް ޚާނާއި އަނިލް ކަޕޫރުގެ އިތުރުން ކަރަން ޖޯހަރް ނަށަމުން ދާ މަންޒަރެވެ. އަދި ފޮޓޯއިން ފެންނަ ގޮތުގައި މި އެންމެން ތިބީ ނަށާ ނަށާ ވަރުބަލި ވެފައެވެ.

މި ފޮޓޯއަކީ ކުރީ އެކްޓަރ ސަންޖޭ ކަޕޫރާއި މަހީޕް ކަޕޫރުގެ ސަންގީތު ސެރެމޮނީގައި ނަގާފައިވާ ފޮޓޯއެއް ކަަމަށް ޚަބަރުތައް ބުނެއެވެ. ސަންޖޭ އާއި މަހީޕް ކައިވެނި ކޮށްފައިވަނީ 1997 ވަނަ އަހަރުއެވެ.

 

View this post on Instagram

 

A post shared by Farah Khan Kunder (@farahkhankunder)

މި ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓް ކުރުމާއި އެކު ގިނަ ސެލެބްރިޓީން ވަނީ ފޮޓޯއަށް ކޮމެންޓް ކޮށްފައެވެ.

ކެރިއަރު ވަރަށް ބޮޑަށް އަޑިއަޅާލައި ސަންޖޭއަށް ވަނީ ގިނަ ދުވަސްތަކަކު، ކުޅޭނެ ފިލްމެއް ނެތި ގޭގައި ހުންނަ ޖެހިފައެވެ. ނަމަވެސް އަނެއްކާވެސް ސަންޖޭ އަންނަނީ ބޮލީވުޑަށް އެނބުރި އައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ ވަނީ ނެޓްފްލިކްގެ ވެބް ސީރީ "ދަ ފޭމް ގޭމް" އިން މާދުރީ އާއެކު ފެނިގެން ގޮސްފައެވެ.

އަނެއްކޮޅުން ސަންޖޭގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު އަންނަނީ ކަރަން ޖޯހަރުގެ "ބޭދަޅަކް" އިން ބޮލީވުޑަށް ތައާރަފް ވުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *