ކޭޖީއެފް ޗެޕްޓާ – 2 އިންޑިއާގެ 6000 އަށްވުރެ ގިނަ ސިނަމާގައި އަޅުވާނެ

ކޭޖީއެފް ޗެޕްޓާ – 2 އިންޑިއާގެ 6000 އަށްވުރެ ގިނަ ސިނަމާގައި އަޅުވާނެ

Author
ފާތިމަތު ނާވީ
25 މާރޗް 2022 03:45
0

"ކޭޖީއެފް"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ފިލްމުގެ ޕްރޮޑިއުސަރުން ވަނި މީގެ ދެވަނަ ފިލްމެއް "ކޭޖީއެފް ޗެޕްޓާ 2″ ގެ ނަމުގައި އުފައްދާފައެވެ.

މި ފިލްމަކީ ކޭޖީއެފްގެ ސީކުއަލްއެގެ ގޮތުގައި އުފައްދާފައިވާ ފިލްމެކެވެ. ފުރަތަމަ ފިލްމެކޭ އެއްފަދައިން ދެވަނަ ފިލްމުން ވެސް ލީޑް ރޯލުން ފެނިގެން ދާނީ އެކްޓަރ ޔަޝްއެވެ.

ތަފާތު މޮޅު މި ފިލްމު ނިންމާފައި އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ފިލްމު އެޅުވުން ދިގުދެމިގެން ގޮސްފައި ވިޔަސް ބެލުންތެރިންގެ އިންތިޒާރަށް މި އަހަރު ނިމުން އަންނާނެ ކަމަށް ބެލެވެއެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ބޭނުން ވަނީ ސިނަމާ ތަކުގައި ފިލްމު ރިލީޒް ކުރުމަށް ކަމަށްވާތީ ފިލްމު ރިލީޒްކުރުން ދިގުދެމިގެން ގޮސްފައިވަނީއެވެ. މިހާރު މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އެޕްރިލް މަހުގެ 14 ވަނަ ދުވަހަށެވެ.

މި ފިލްމު އިންޑިއާގެ 6000 އަށް ވުރެ ގިނަ ސިނަމާގައި އެޅުވުމަށް ނިންމާފައިވާ ކަމަށާއި ފިލްމުގެ ޓްރެއިލާ މި މަހުގެ 27 ގައި ނެރުމަށް ހަމަޖެހިފައިވާ ކަަމަށް ޚަބަރުތައް ބުނެއެވެ.

ޕްރަޝާންތު ނީލް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ލީޑުން ފެނިގެންދާ ކަންނާޑާ އެކްޓަރ ޔަޝްއަށް ވަނީ ވަރަށްބޮޑު މަގުބޫލު ކަމެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިގެން ގޮސްފައެވެ.

ޔަޝްގެ އިތުރުން މީގެ ފުރަތަމަ ފިލްމުން ފެނިގެން ދިއަ އެކްޓްރެސް ސްރިންދީ ޝެޓީ އާއި ބޮލީވުޑްގެ ދެތަރިން ކަމުގައިވާ ސަންޖޭ ދަތާއި ރަވިނާ ޓަންޑަން ވެސް ފިލްމުގެ ދެވަނަ ބައިގާ ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.