ސަނީ ލިއޯން އަނެއްކާވެސް ރާއްޖެ އަތުވެއްޖެ

ސަނީ ލިއޯން އަނެއްކާވެސް ރާއްޖެ އަތުވެއްޖެ

Author
ފާތިމަތު ނާވީ
24 މާރޗް 2022 08:19
0

ބޮލީވުޑްގެ ސެލެބްރިޓީންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކީ ރާއްޖެކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން ފަހަކަށް އައިސް އަބަދުވެސް އިންޑިއާގެ ސެލެބްރިޓީއެއް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އުޅެއެވެ.

ބޮލީވުޑް ސެލެބްރިޓީންނަށް ރާއްޖެ އެހާ ކަމުދިއުމުގެ ސަބަބުން އެއްފަހަރަށްވުރެ ގިނަ ފަހަރު ޗުއްޓީއަށް ރާއްޖެއަށް އާދެއެވެ.

އެގޮތުން ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯން އަންނަނީ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 26 އާއި ހަމައަށް އޭނާ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގަ ޗުއްޓީ ހޭދަކުރާނެއެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

މި އަހަރުގެ ޖަނަވަރީ މަހުގައިވެސް ސަނީ ވަނީ ރާއްޖޭގައި ކުރު ޗުއްޓީއެއް ހޭދަކޮށްފައެވެ. އޭރު އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުގައެވެ.

މިމަހު ރާއްޖޭގައި، ބަތަލާ ކަރީނާ ކަޕުރާއި ކަރިޝްމާ ކަޕޫރުވެސް ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. އަދި ބަތަލާ ތަމަންނާ ބާޓިއާ ވެސް އަންނަނީ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.