"ޕަތާން" ބޮއިކޮޓް ކުރަން ގޮވާލައިފި

"ޕަތާން" ބޮއިކޮޓް ކުރަން ގޮވާލައިފި

Author
ފާތިމަތު ނާވީ
23 މާރޗް 2022 08:31
0

2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހު ބޮލީވުޑްގެ ކިންގް ޚާން، ޝާހްރުކް ޚާން އެބުރި ސިނަމާއަށް އަންނަ ފިލްމު "ޕަތާން" ބޮއިކޮޓް ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލައިފިއެވެ.

މި ފިލްމަކީ ބޮޑު ބަޖެތަކުން ހަދާ، މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ފިލްމެކެވެ. ފިލްމުގެ ޝޫޓިންގ ބާރު ސްޕީޑުގައި ކުރިއަށް ދާއިރު ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލައިފާ ވަނީ ޓްވިޓާގައެވެ.

ނަމަވެސް ފިލްމު ބޮއިކޮޓް ކުރަން ކުރަން ގޮޮވާލާ ސަބަބެއް ނޭނގެއެވެ. ހޭޝްޓެގް ތަކާއި އެކު "ބޮއިކޮޓް ޕަތާން" ގޮވި ނަމަވެސް އެމީހުންގެ ހަގީގީ މަގުސަދު ނޭގޭ ކަމަށް ޚަބަރުތަށް ބުނެއެވެ.

ޓުވިޓާގައި ހޭޝްޓެގް ބޭނުން ކުރުމުގެ އިތުރުން ބައެއް މީހުން ވަނީ މުމްބާއީގައި ޝާހްރުކް ޚާން ދިރިއުޅޭ ގެ "މަންނަތު" ކައިރިއަށް އެއްވެ ފިލްމު ޕަތާން ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފައެވެ.

ނަމަވެސް ޝާހްގެ ފޭނުން އަންނަނީ އޭނާގެ ދިފާއުގައި ނުކުންނަމުންނެވެ. އެމީހުން ތިބީ ދުވަސް ތަކަކަށް ފަހު ޝާހްގެ ފިލްމެއް ރިލީޒް ކުރާތީ އުފަލުންނެވެ.

މި ފިލްމަކީ އަންނަ އަހަރަށް ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމެކެވެ. ފިލްމުން ޝާހްރުކާ އެކު ފެނިގެން ދާނީ ދީޕިކާ ޕަޑުކޯން އެވެ. މިހާރު މި ފިލްމުގެ ޝޫޓިންގ ކުރިއަށްދަނީ ސްޕެއިންގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.