ގޯވިންދާ ވެސް އޯޓީޓީއަށް!

ގޯވިންދާ ވެސް އޯޓީޓީއަށް!

ބޮލިވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ އޯޓީޓީ ޕްލެޓްފޯމްތައް ތަޖުރިބާކޮށްލަން ބޭނުން ވާކަން ހާމަކޮށްފިއެވެ.

80ގެ މެދުތެރެއިން ފެށިގެން މެދު ކެނޑުމެއް ނެތި ހިޓު ފިލްމުތަކެއް ކުޅެފައިވާ ގޯވިންދާ އަކީ އޭރުގައި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. ނަމަވެސް 2000ގެ މެދުތެރޭ ހިސާބުން އޭނާގެ ފިލްމުތައް ވަނީ މަދުވާން ފަށާފައެވެ.

އެއާއެކު ފިލްމީ ދުނިއެ އާއި ދުރުގައި ދުވަސްކޮޅަކު ހުރުމަށް ފަހު އޭނާ މިހާރު އަނެއްކާވެސް އަންނަނީ މަޑުމަޑުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.

ހެއްވާ މަޖާ ރޯލުތަކަށް ހާއްސަ އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ގޯވިންދާ އަކީ ނެށުމުގައި ވެސް ގެންގުޅޭ އަމިއްލަ ގޮތްގަޑެއްގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ.

ފިލްމު ތަކުން މަދުން ފެނުނު ކަމުގައި ވިޔަސް ގޯވިންދާ އަންނަނީ ރިއަލިޓީ އެކި ޝޯވތަކުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވަމުންނެވެ.

ދާދި ފަހުން ޒީ ނިއުސް ޑިޖިޓަލްއަށް ދިން އިންޓަވިއުއެއްގައި އޯޓީޓީ ނުވަތަ އޮންލައިން ސްޓްރީމިންގް ޕްލެޓްފޯމްތައް ތަޖުރިބާ ކޮށްލުމުގެ ޝައުޤުވެރިކަން އެބަހުރިތޯ ސުވާލުކުރުމުން ގޯވިންދާ ބުނެފައި ވަނީ ޒަމާނާއި އެއްގޮތަށް ވަރަށް ގިނަ ކަންތައްތައް ބަދަލު ވެއްޖެ ކަމަށާއި އޯޓީޓީ އަކީ ހުރިހާ ވައްތަރެއްގެ އާޓިސްޓުންނަށް ހުޅުވާލެވިފަ އޮތް ޕްލެޓްފޯމެއް ކަމުން ތަޖުރިބާކޮށްލަން ވަރަށް ބޭނުން ވާކަމަށެވެ.

މިހާރުވެސް ގިނަ ތަރިން ތަކެއް އަންނަނީ އޯޓީޓީ ޕްލެތްފޯމް ތަޖުރިބާ ކުރަމުންނެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ހިމެނެއެވެ.

ގޯވިންދާ އެންމެ ފަހުން ފެނިފައިވަނީ 2019 ގެ ފިލްމު "ރަންގީލާ ރާޖާ" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *