ރާއްޖޭގައި ދިރިއުޅޭ ބިދޭސީ 45 ކުށްވެރިޔަކު ހޯދަން އިމިގްރޭޝަނުން އިއުލާނެއް ކޮށްފިއެވެ.
މި މީހުންނާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް އިމިގްރޭޝަނުން ނުބުނެއެވެ. އިމިގްރޭޝަނުން ވަނީ މި 45 މީހުންގެ ނަމާއި އެމީހުންގެ ފޮޓޯ އާއި އުމުރާއި ގައުމުގެ މައުލޫމާތުތައް ވެސް ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނަކާއި 37 ފިރިހެނެކެވެ.
NOTICE TO APPEAR!
These immigration offenders are obliged to attend the Expatriate Monitoring and Repatriation Division of Maldives Immigration within 7 days.
???? https://t.co/zD4Tjldxgb pic.twitter.com/zHnWXuSl7m
— Maldives Immigration (@ImmigrationMV) March 20, 2022
މި މީހުންގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، ތައިލެންޑް، ނައިޖީރިއާ، އިޓަލީ، އިނގިރޭސި ވިލާތް، ސްރީ ލަންކާ އާއި ފިލިޕިންސާއި އިތިއޯޕިއާގެ މީހުން ހިމެނެއެވެ.
އެމީހުން ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަންއަށް ރަސްމީ ގަޑީގައި ހާޒިރުވުމަށް ވަނީ އަންގާފައެވެ.