ރައީސް އައްޑުއާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

ރައީސް އައްޑުއާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޖިމީ
20 މާރޗް 2022 11:47
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

ރައީސް އެންމެ ފަހުން ވަޑައިގަތީ އެމަނިކުފާނުގެ އަތޮޅުކަމަށްވާ ޅ.އަތޮޅަށެވެ. އެއީ މިދިޔަ މަހުގެ ތެރޭގައެވެ. ރައީސް އައްޑޫއާއި ފުވައްމުލަކަށް ދަތުރުފުލެއް ފަށްޓަވާނީ މިމަހުގެ 25ގައެވެ. އެމަނިކުފާނު އެންމެ ފަހުން އައްޑޫއަށް ވަޑައިގެންފައިވަނީ  2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައެވެ.

ރައީސް ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅަކީ ބައެއް މަޗްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށާއި، ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އައްޑޫގައި ޤާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުއްވައިދެއްވާނެކަމަށް ވަނީ އެނގިފައެވެ.

ރައީސް އަތޮޅުތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުތައް މެދުކަނޑާލައްވާފައި އޮތީ އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.