އައްޑޫގެ ތަރައްޤީއަށް ހުރަސްއަޅާ އެއްވެސް މީހަކަށް މާފެއް ނުކުރެވޭނެ: ނިހާދު

އައްޑޫގެ ތަރައްޤީއަށް ހުރަސްއަޅާ އެއްވެސް މީހަކަށް މާފެއް ނުކުރެވޭނެ: ނިހާދު

Author
މުޙައްމަދު ޖިމީ
17 މާރޗް 2022 12:40
0

އައްޑޫ ސިޓީގެ ތަރައްޤީއަށް ހުރަސްއަޅާ އެއްވެސް މީހަކަށް މާފެއް ނެތްކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފޭދޫ ދާއިރާގެ މެންބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްްޤިއަށް ހުރަސް އެޅުމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރާ އެންމެންނަކީ އައްޑޫ ރައްޔިތުންގެ ހަތުރުންކަމަށެވެ. އެފަދަ އެކަކަށްވެސް މާފެއް ނުކުރެވޭނެކަމަށާއި، އަބަދު ބާކީވެފައި ތިބެން ބޭނުން ނުވާކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

އެންޖީއޯ އެއްވިޔަސް ރައްޔިތުން ވިންދާއި ގުޅެން އުޅުމަކީ ދެރަކަމެއް!

– ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު

ނިހާދު މިހެން ހާމަކުރައްވާފައި މިވަނީއ ައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓަލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އެއީ ތިމާވެށީގެ ގެއްލުންތަކަށް ރިޔާއަތްކޮށް ގޮވާލާފައިވާ ގޮވާލުމެކެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ކުރިއަށްގެންދިމަށް ނިންމާފައިވާ މަޝްރޫޢު ހުއްޓާ ނުލައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެއް ބިިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން އައްޑޫގެ އެކި ދިމާލުން 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.

މި މަޝްރޫއުއާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސިސްޓަންޓް (އީއައިއޭ) ވަނީ ހަދާފައެވެ. އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުއާ ގުޅޭ އީއައިއޭ ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. އަދި މަޝްރޫއު އެކުލަވާލާފައި އޮތް ގޮތުން އެންމެ ބޮޑު ގެއްލުމެއް ވާނެކަމަށް ބެލެވެނީ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އަތޮޅު ތެރެ ކޮނުމުގެ މަސައްކަތް ކުރަމުންދާއިރުކަމަށް ބެލެވޭކަމަށް ރިޕޯޓްގައިވެއެވެ. ރިޕޯޓުގައިވާ ގޮތުން ބިން ހިއްކުމަށްޓަކައި ވެލި ނެގުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ އެތެރެވަރިންނެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. 2 އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަސައްކަތަށް ގާތްގަނޑަކަށް 70 އާއި 75 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލޮލް
ގަދަބަސް ބުނަން މިއީ ކާކު، އިލްމެއް ހިލްމެއް އަދަބެއް އަޙުލާގެއް ނެތް ހުސް ތޮއްޓެއް، މިކަލޭގެ މައާފް ނުރިއަސް އެކުރާބަޔަކައް ކަހެރިވަކެކޭވެސް ހިތަކައް ނާރާނެ
ާ ާަައަލިފުޅުބެ
އެއްވެސް މީހަކު ހުރަސް އަޅާތަ؟ އައްޑުއަށްވެސް ތރައްޤީ އަންނަން ޖެހޭނެ ކަމަށް އެންމެންވެސް ގަބޫލު ކުރޭ. އަޅުގަނޑުގެ އެދުމަކީ އައްޑޫވެސް ތަރއްގީވުން.