ޖުވެނައިލް ކޯޓު ގަހުން އަނބު ބިން މީހަކު 6 މަހަށް ޖަލަށްލާން ހުކުމްކޮށްފި

ޖުވެނައިލް ކޯޓު ގަހުން އަނބު ބިން މީހަކު 6 މަހަށް ޖަލަށްލާން ހުކުމްކޮށްފި

Author
މުޙައްމަދު ޖިމީ
15 މާރޗް 2022 05:00
0

ޖުވެނައިލް ކޯޓުގެ ގޯތިތެރޭގައި ހުރި ގަހުން ވަގަށް އަނބު ބިން މީހަކު 6 މަހަށް ޖލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ގޯތިތެރެއަށްވަދެ އެމީހާ ވަނީ 72 އަނބު ބިނދެފައެވެ. މިކަމާއި ގުޅިގެން އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލިއެވެ. އެއީ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާއާއި، ވައްކަމުގެ ދަޢުވާއެވެ.

އޭނާ ވަނީ ކޯޓުގެ ޝަރީޢަތުގައި ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން ވައްކަމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އެއް މަހާއި 27 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.

ޖުވެނައިލް ކޯޓުން ވައްކަން ކުރިފަހުން އޭނާ ހުއްދަ ނެތި އެހެން ގެއަކަށް ވަން މައްސަލާގައިވެސް ވަނީ ދެ މަހާއި 23 ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގާދިރު
ސުވާލަކީ ދައުލަތުގެ މުދަލުން އާންމު ރައްޔިތަކަށް ވަންކަން ކުރެވިދާނެތޯ؟؟