އެސްޕަންޔޯލްގެ ސްޕެއިން މިޑްފީލްޑަރު މާކް ރޮކާ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.
އުމުރުން 23 އަހަރުގެ މިޑްފީލްޑަރު ބަޔާނާ ގުޅުނީ 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮކާގެ ސޮއި ހޯދުމަށް ބަޔާނުން ވަނީ 15 މިލިޔަން ޔޫރޯ ޚަރަދުކޮށްފައެވެ. އަދި ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިޔަން ޔޫރޯ ޚަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެސްޕަންޔޯލާއެކު ރޮކާއަށް ކާމިޔާބެއް ހޯދިފައިނުވި ނަމަވެސް، އޭނާ ވަނީ ސްޕެއިނުގެ ޒުވާން ޓީމާއެކު މިދިޔަ އަހަރު އޮތް 21 އަހަރުން ދަށުގެ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.
ރޮކާ އަކީ މި ޓްރާންސްފާ ބާޒާރުގައި ބަޔާނާ ގުޅުނު ހަތަރުވަނަ ކުޅުންތެރިޔާއެވެ. ރޮކާ ވަނީ އެސްޕަންޔޯލަށް 121 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައެވެ.
ކޮމެންޓު ފޮނުވާ