ތިލަފުށީ ސައިޓެއްގައި ތިން މީހަކު ޒަހަމްވެ، އެކެއްގެ ފައި ޗިސްވެއްޖެ

ތިލަފުށީ ސައިޓެއްގައި ތިން މީހަކު ޒަހަމްވެ، އެކެއްގެ ފައި ޗިސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2022 12:05
0

ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރަން އުޅުނު ތިން މީހަކަށް އަނިޔާވެ، އޭގެތެރެއިން އެކެއްގެ ފައި ޗިސްވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރުމުގައި އުޅުނު ތިން ބިދޭސީންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމުގެ ރިޕޯޓް މިއަދު 11:05 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި އެކަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުން އޭނާގެ ފައިގެ ކަކުލުން ތިރި އޮތީ ޗިސްވެފައެވެ. އަދި ފައިތިލައިގެ ހަންގަނޑު ކަފައިގެން ގޮސް، ކަށިގަނޑު ވެސް ފެނެއެވެ.

އެ ތިން މީހުންނަށް އަނިޔާވި ގޮތެއް އަދި އެއީ ކޮން ސައިޓެއް ކަމެއް ވެސް އަދި ޔަގީނެއް ނުވެއެވެ. މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.