ހިންމަފުށި ބަނދަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ

ހިންމަފުށި ބަނދަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2022 08:54
0

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމައިފިއެވެ.

ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މިބަނދަރުގެ ތަރައްޤީކުރަނީ ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ހިންމަފުށީ ރައްޔިތުން ބޭނުންވާ ގޮތަށް ފަރުމާކުރެވިގެންކަމަށެވެ.

މިމަޝްރޫޢުގެ (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށާއި، އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.