ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ޤައުމާއި މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައެވެ. މިރޭ ރައީސް ޤައުމާ މުޚާޠަބު ކުރައްވައި ދައްކަވާ ވާހަކަފުޅުގައި ރާއްޖޭގެ ކޯވިޑްގެ ޙާލަތުގެމައްޗަށް އަލިއަޅުއްވާލައްވައި ސަރުކާރުންގެ ބައެއް ނިންމެވުންތައް ހާމަކުރައްވާނެއެވެ.
President @ibusolih will address the nation at 8 p.m. this evening.
The address will be broadcast live on all local TV stations.
— The President's Office (@presidencymv) March 13, 2022
ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ޤައުމާއި މުޚާތަބު ކުރައްވާފައިވަނީ، މިޔަ އަހަރުގެ ނޮވެމްބަރު މަހު 10 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިރޭ ޤައުމާއި މުޚާތަބު ކުރައްވާއިރު، އެމަނިކުފާނުގެ ޚިތާބު ދިވެހި ގިނަ ބްރޮޑްކާސްޓަރުން ލައިވްކޮށް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ