ބޮލީވުޑްގެ އެންމެ މަގުބޫލު ދެ ލޯބިވެރިން ގޮތުގައި ގުނާލެވޭ އާލިއާ ބަޓާއި ރަންބީރު ކަޕޫރަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ޖޯޑެކެވެ.
މި ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް "ބްރަމަސްތުރާ"ގެ މަސައްކަތް ކުރާތާ 3 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދިވެސް ފިލްމްގެ މަސައްކަތް ނިމޭވަރެއް ނުވެއެވެ. ތަފާތު ކަންކަމާއި ހުރެ ފިލްމް ނިމުން ދަނީި ލަސްވަމުންނެވެ.
ނަމަވެސް ދެތަރިން އެކުގައި އެޑް ތަކުން ފެނެއެވެ. އެގޮތުން ދާދިފަުން ވެސް މި ދެތަރިން އެކުގައި ވަނީ އެޑެއް ކުޅެފައެވެ. އެއީ ސްޓީލް ކުންފުންޏެއްގެ އިޝްތިހާރެކެވެ. މި އިޝްތިހާރުގައި ފެންނަނީ ރަންބީރު ބުނާ އެއްޗަކުން އާލިއާ ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހިފައި ހުންނަ ތަނެވެ. އެހެން ކަމުން އޭނާ ހުންނަނީ ވަރަށް ރުޅިވެސް އައިސްފައެވެ.
މި އެޑްގައި މި ދެތަރިން ޖިމެއްގައި ތިބެގެން އައު ގެއާއި މެދު މަޝްވަރާ ކުރާތަން ފެނެއެވެ. އަދި ގޭގެ ފައުންޑޭޝަން އެޅުމާއި މެދު ދެމީހުންގެ ހިޔާލު ތަފާތުވެއެވެ.
Foundation sahi, toh future sahi????????????@RungtaSteel #ad pic.twitter.com/MQlr9cV7Pd
— Alia Bhatt (@aliaa08) March 12, 2022
އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވަޅީ" އިންނެވެ. އަނެއްކޮޅުން ރަންބީރުގެ ކުރިއަށް އޮތް ފިލްމަކީ "ޝަމްޝޭރާ" އެވެ. މި ފިލްމުން ރަންބީރާއެކު ފެނިގެން ދާނީ ވާނީ ކަޕޫރާއި ސަންޖޭ ދަތެވެ.
ކޮމެންޓު ފޮނުވާ