ފައިސާ ނަގައިގެން ހިޔާ ފްލެޓްތައް ނިންމާ ނުދޭ މައްސަލަތަކެއް!

ފައިސާ ނަގައިގެން ހިޔާ ފްލެޓްތައް ނިންމާ ނުދޭ މައްސަލަތަކެއް!

ހިޔާ ފްލެޓްތަކުގެ ފިނިޝިއަންގއަށް ފައިސާ ނަގައިގެން، އެ ތަންތަން ނުނިންމާދޭ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. މިކަން ހާމަވީ ހިޔާ ފްލެޓްގެ މީހުންގެ ހައްގުގައި ވަކާލާތުކުރާ ޢާންމުންގެ އެކުވެރި ޖަމްޢިއްޔާ އިން ހިންގި ސާރވޭއަކުންނެވެ.

އެ ސާރވޭ ދައްކާގޮތުން ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން 110 ފަރާތުގެ ފްލެޓު ފިނިޝިން ނިންމަން ހަވާލު ކުރެވިފައި ވީނަމަވެސް މިހާތަނަށްވެސް ނިންމާފައިނުވާކަމަށެވެ. އޭގެ ތެރެއިން އެންމެންވެސް އެޑްވާންސް ލާރި ދައްކާފައިވާއިރު ބައެއް ފަރާތްތަކުން ވަނީ ޖުމްލަ އަގުވެސް ދައްކާފައިކަމަށާއި، 110 ފަރާތަކުން މިގޮތަށް 33 ކުންފުންޏަކަށް މިހާތަނަށް ވަނީ 9.5 މިލިއަން ރުފިޔާ ދައްކާފައިކަމަށްވެސް އެ ޖަމްޢިއްޔާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން %95 އަށްވުރެ ގިނަ މީހުންނަށް ފްލެޓު ނިމޭނޭ ތާރީހެއް އަންދާޒާ ކުރާކަށްވެސް ނޭނގޭކަމަށާއި، ބައެއް ކުންފުނިތަކުން މަސައްކަތް ނިންމަން އިތުރު ތާރީހް ދެމުންދާއިރު ލާރި ނަގައިގެން ކުރީގެ އޮފީސް ބަންދުކޮށް، ގުޅޭ ނަމްބަރު ނިއްވާލައިގެން އެއްވެސް ގޮތަކަށް ކޮންޓެކްޓް ނުކުރެވޭ ފަރާތްތައްވެސް ހިމެނޭކަމަށްވެސް އެޖަމްޢިއްޔާގެ ސާރވޭއިން ދައްކައެވެ.

އެޖަމްއިއްޔާއިން ބުނީ ސާރވޭ ބައިވެރިންގެ ގިނަ މީހުން މިހާރުވެސް އުޅެނީ މާލެ ސަރަހައްދުގައި ކުއްޔަށްކަމަށާއި، މިއަންނަ މަހުން ފެށިގެން ހިޔާ ފްލެޓަށް ކުލި ދައްކަން ފަށަން ޖެހޭއިރު ދެންނެވުނު ފިނިޝިން މަސައްކަތް ނުނިމޭ މީހުން މިހާރު އުޅޭ ތަން އަދި ހިޔާ ފްލެޓާއި ދެ ތަނަށް ކުލި ދައްކަން ފަށަން ޖެހޭނެކަމަށެވެ.

މިސ ާރވޭއިން މިގޮތަށް ދައްކާފައިވާއިރު، ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ދެނެގަތުމަށް އެޗްޑީސީންވެސް ސާރވޭއެއް ދަނީ ހިންގަމުންނެވެ.

މިސަރވޭ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެޗްޑީސީން ވިދާޅުވީ މިސަރވޭގައި މަޢުލޫމާތު ސާފުކުރުމަށް ހިޔާގެ ހުރިހާ ފްލެޓަކަށް އެޗްޑީސީގެ ޓީމުތަކުން ހެނދުނު 10:00 އަކާއި ރޭގަނޑު 8:00 އާދެމެދުގެ ގަޑިތަކުގައި ދާނެކަމަށެވެ.

މިސަރވޭ ކުރިއަށްގެންދަނީ ހިޔާ ފެލެޓުތަކުގެ ފިނިޝިންގ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި އަދިވެސް އެހެނިހެން ބައެއް ޚިދުމަތްތަކާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެ އެކަމުގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުޙައްމަދު ޞާލިޙު ވަނީ ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު 3 މަހަށް ފަސްކޮށްދެއްވާފައެވެ. މިމުއްދަތު މި މަޗްމަހުގެ ނިޔަލަށް ހަމަވާނެއެވެ. އެޗްޑީސީން މަސައްކަތް ކުރަމުންދަނީ މިމުއްދަތު ހަމަވާއިރު ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ދެނެގަތުމެވެ.

ހިޔާގެ ޓަވަރުތަކުގެ ޢާއްމުތަންތަނާއި ޚިދުމަތްތަކާއި އަދި ޢިމާރާތް މެނޭޖްކުރަން ހިޔާގެ ފްލެޓުވެރިން އިންތިޚާބުކުރާ ވަކި ބޯޑެއްގެ ދަށުން ކުރިއަށްގެންދިޔުމަށްޓަކާ އެކުލަވާލަންޖެހޭ ކޯޕަރޭޓް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށްކަމަށެވެ. އަދި ހިޔާ ޓަވަރުތަކުގެ ޢާއްމު ތަންތަން ފޮޅާ ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތާ ގުޅޭގޮތުން ޚިޔާލު ހޯދުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެޗްޑީސީއިން ފްލެޓުތަކަށް ދެމުންދާ "ޖީޕޮން ނެޓްވޯކް" ޚިދުމަތާއި ގުޅޭގޮތުންވެސް ފްލެޓުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމަށްވަނީ ނިންމާފައެވެ.

އެޗްޑީސީން ވިދާޅުވީ މިސަރވޭގައި މަޢުލޫމާތު ހޯދުމަށްދާ އެކޯޕަރޭޝަންގެ މުވައްޒަފުން ތިބޭނީ އޮފީސް ޔުނިފޯމުގައިކަމަށެވެ. އަދި މިސަރވޭގައި އެއްވެސް ފަރާތެއްގެ ޢާމްދަނީއާއި ބެންކް އެކައުންޓް ނަމްބަރާއި ކާޑުގެ މަޢުލޫމާތު ނުހޯދާނެކަމަށާއި އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި ފްލެޓުގެ އެއްވެސް ފަރާތަކާ ބައްދަލު ނުވެއްޖެނަމަ ފްލެޓުގައި ދިރިއުޅޭ ފަރާތަކަށް އެޕޮއިންޓްމަންޓެއް ހޯދުމަށް އެސްއެމްއެސް މެދުވެރިކޮށް އަންގާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *