ބަތަލާ އާލިއާ ބަޓަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ވިދާލި ތަރިއެކެވެ. އެގޮތުން މިއަދު އޭނާ އަކީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ލިސްޓުން ކުރި ހޯދާފައިވާ ތަރިއެކެވެ.
އާލިއާގެ މަގުބުލު ކަމާއި އެއްވަރަށް އޭނާ ފެޝަން ސްޓައިލަކީވެސް ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ސްޓައިލެކެވެ. އެހެން ކަމުން ހެދުން އެޅުމުގައި އޭނާ ވަރަށް ބޮޑަށް ބަލަން ވެސް ޖެހެއެވެ.
އާލިއާގެ އިތުރުން ގިނަ ސެލެބްރިޓީންނަކީ އަމިއްލަ ފެޝަން ސްޓައިލް ގެންގުޅޭ ބައެކެވެ. އަދި މި ސެލެބްރިޓީން އަޅައިއުޅޭ ހެދުމުގެ އަގު އާދައިގެ މީހަކަށް އަތް ފޯރާ ވަރަށްވުރެ މަތި ވުމުން ޚަބަރުތަކުގެ ސުރުހީއަށް އަރައެވެ.
އެގޮތުން އިޝްތިހާރެއް ކުޅެން އާލިއާ ބަޓް މިވަނީ 2،22،000 ގެ އަގުހުރި ލެހެނގާއެއް ލައިފައެވެ. ލެހެންގާއަކީ އިންޑިއާގައި ވަރަށް މަޝްހޫރު ވައްތަރެއްގެ ހެދުމެކެވެ.
ޑިޒައިނަރ ލަކްޝްމީ ލެހެރްގެ މި ލެހެނގާ އަކީ ފިޔާތޮށި ކުލައިގެ ހެދުމެކެވެ. އަދި 3 ޑީ އެމްބްރޮއިޑަރީ ކޮށްފައިވާ މި ހެދުމާއި ކުލަ އާލިއާ އާއި ވަރަށް ގުޅެއެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ "ޑާލިގްސް"ގެ އެވެ. މީގެ އިތުރުން އޭނާ ގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ފެނިގެން ދާނެ އަލަތު ފިލްމު "ބަރްމަސްތުރަ" އަދި ރަންވީރް ސިންގް އާއި އެކު ކުޅޭ ފިލްމް "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ހިމެނެއެވެ.
ކޮމެންޓު ފޮނުވާ