ސައުދީ އަރަބިއާގައި އެއް ދުވަހެއްގައި 81 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފި

ސައުދީ އަރަބިއާގައި އެއް ދުވަހެއްގައި 81 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފި

ސައުދީ އަރަބިއާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 81 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްފިއެވެ. މިއީ އެގައުމުގައި ފަހުގެ ތާރީޚެއްގައި އެއްދުވަހެއްގައި މަރުގެ އަދަބު އެންމެ ގިނަ އަދަދެއްގެ މީހެއްގެ މައްޗަށް ތަންފީޒު ކޮށްފައިވާ ދުވަހެވެ.

ސައުދީ އަރަބިއާގައި މިއަދު މަރުގެ އަދަބު ތަންފީޒު ކޮށްފައިވާ މީހުންގެ ތެރޭގައި ޔަމަނުގެ 7 މީހަކާއި ސީރިއާގެ މީހަކުވެސް ހިމެނެއެވެ. މި މީހުންގެ މައްޗަށް ސާބިތު ކުރެވިފައިވާ ކުށްތަކުގެ ތެރޭގައި، ގައުމުން ބޭރުގެ ޓެރަރިސްޓު ޖަމާއަތްތަކާއި ގުޅުން ބޭއްވުމުން ފެށިގެން ގޮސް، މީހުން މެރުމާއި ރޭޕްކުށް ހިމެނޭކަމަށް ސައުދީ ޕްރެސް އޭޖެންސީން ހާމަ ކޮށްފައި ވެއެވެ.

ސައުދީ އަރަބިއާގައި ފާއިތުވެދިޔަ 24 ގަޑިއިރު އެކަނި 81 މީހަކަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވާއިރު، ފާއިތުވެދިޔަ 2021 ވަނަ އަހަރު އެގައުމުގައި މަރުގެ އަދަބު ތަންފީޒު ކޮށްފައިވަނި 67 މީހެއްގެ މައްޗަށެވެ. އަދި 2020ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ 27 މީހެއްގެ މައްޗަށެވެ.

"މި އެންމެންނަކީވެސް ކުށެއް ނެތް އެތައް ބަޔަކު މަރާފައިވާ މީހުން.. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ،" ސައުދީ އިންޓީރިއަރ މިނިސްޓްރީއާ ހަވާލާދީ ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.

"މީގެތެރޭގައި ހިމެނޭ، ބޭރުގެ ޓެރަރިސްޓް ޖަމާއަތަތައް ކަމަށްވާ އަލްގައިދާއާއި، އައިސިސްއައި އަދި ޔަމަނުގެ ހޫތީންނަށް ނިސްބަތްވާ މީހުންވެސް،" ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.

ސައުދީ އިންޓީރިއަރ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މީގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ ޓެރަރިސްޓު ޖަމާއަތްތަކާއި ގުޅުމަށްޓަކާ ހަގުރާމަ ހިނގަމުންދާ ސަރަހައްދުތަކަށް ދަތުރު ކޮށްފައިވާ މީހުންނެވެ.

ސައުދީ އަރަބިއާގައި ފާއިތިވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ ތެރޭގައި އެގައުގެ 37 ރައްޔިތަކުވެސް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ސެކިއުރިޓީ އޮފިސަރުން މެރުމަށް ހަމަލާދީފައިވާ މީހުންނާއި، ޕޮލިސް ސްޓޭޝަންތަކަށާއި އަދި ފުލުހުންގެ ގާފިލާތަކަށް ހަމަލާ ދީފައިވާ މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *